އެމްޓީސީސީގެ މެޝިނަރީސް ބޭނުންކޮށްގެން އެމްޑީޕީ ހަރުގެ ހަދާކަމަށް ބުނާ މައްސަލަ އޭސީސީއަށް

.

އިހަވަންދޫގައި އެމްޑީޕީގެ ހަރުގެއައެއް ހެދުމަށް ބިން ސާފުކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ވެހިކަލްތައް ބޭނުންކުރާކަމަށްބުނެ އަމިއްލަ ފަރާތަކުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފިއެވެ.
އެފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ. ހއ އިހަވަންދޫ ހަޒާރުމާގޭގައި އެމްޑީޕީން ހަދަމުންދާ ހަރުގެ ހެދުމަށް ބިން ސާފުކުރުމަށް، ނާޖާއިޒް ނުފޫޒު ފޯރުވައިގެން އެމްޓީސީސީގެ ވެހިކަތައް ބޭނުންކުރަމުން ދާކަމަށެވެ. އަދި މީގެ އިތުރުން ބުނެފައިވަނީ އިހަވަންދޫގައި ހަދަމުންދާ ޒުވާނުންގެ މަރުކަޒު އިމާރާތްކުރަމުންދާ ކުންފުނިން ފޮނުވާފައިވާ ތަކެތިން ބައެއް އެމްޑީ ހަރުގެ ހެދުމަށް ނަގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން، އެއިމާރާތުގެ ފެންވަރު ދަށްވާނެކަމުގައެވެ.
މިކަމާއި ގުޅިގެން މިނޫހުން ހަޒާރުމާގޭ އަބުދުﷲ ހުސައިންއާއި ސުވާލުކުރުމުން ބުނީ، އެމްޓީސީސީ އިން އެއިމާރާތް ސާފުކުރަނީ ރުފިޔާ ދައްކައިގެންކަމުގައެވެ. “ހަމަ އެހެން މީހުންނަށްވެސް އެމްޓީސީސީއިން މަސައްކަތް ކޮށްދޭ އުސޫލުން އެކަން ހިނގަނީ” އަބުދުﷲ ހުސައިން ބުންޏެވެ. އަބުދުﷲ ބުނީ އެމަސައްކަތަށް މިހާތަނަށް 3700ރ ދައްކާފައިވާނެކަމުގައެވެ.