އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި

މުޙައްމަދު އަކުރަމް

މިރޭ ކުޅޭގޮތަށް އޮތް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗް މާދަމާ (16 އޮކްޓޯބަރު 2022) ރެއަށް ފަސްކޮށްފިއެވެ. އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ދަތުރު ކޮށްފައިވަނީ އައި.އެސް.އޭޑީ.އެޗް.ސީ (ސްކޫލް އަދި ހެލްތް ސެންޓަރުގެ ކޮމްބައިން ޓީމް) އަދި ކްލަބް އައި.ޕީ.އެސް އެވެ.

މިއީ މިމުބާރާތްކުޅޭ ފަސްވަނަ އަހަރެވެ. ކްލަބް އައި.ޕީ.އެސް އިން ދެ ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވާއިރު ފާއިތުވެދިޔަ ދެ އަހަރު މިމުބާރާތް ކާމިޔާބުކޮށްފައިވަނީ ފެނަކައިންނެވެ. އެހެން ކަމުން މިއީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަށް ވުމަށް ޕޮލިސް ޓީމަށް ލިބިގެންދާ ފުރުސަތެކެވެ. އަދި ހަމައެހެންމެ މިމުބާރާތް މިހާތަނަށް ކާމިޔާބު ކުރެވިފައިނުވާ ސްކޫލް އަދި ސިއްހީމަރުކަޒަށްވެސް ތަށީގައި އަލަށް އަތްލުމަށް ލިބިގެންދާފުރުސަތެކެވެ.

މާދަމާރޭ 20:30 ގައި ފަށާ މިމެޗް، މޫސުން ރަނގަޅުނަމަ ލައިވްކުރެވޭތޯ މިނޫހުން މަސައްކަތް ކުރާނެއެވެ.