ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް

މުޙައްމަދު އަކުރަމް

މިރޭ ކުޅުނު އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 ގެ ފައިނަލް މެޗްގައި 2-4 އިން އައި.އެސް.އޭޑީ.އެޗް.ސީ ބަލިކޮށް ކްލަބް އައި.ޕީ.އެސް އިން މުބާރާތުގެ ތަށި އުފުއްލާލައިފިއެވެ.

މިރޭގެ ފުރަތަމަ ހާފް ނިމުނީ 3-0 އިން އައި.ޕީ.އެސް ޓީމް ކުރީގައި އޮވެގެންނެވެ. ދެވަނަހާފުގައި އައި.ޕީ.އެސް އިތުރު ގޯލެއްޖަހައި ނަތީޖާ 4-0 އަށް ހެދިއެވެ. އައި.އެސް.އޭޑީ.އެޗް.ސީ އިން ފަހުހާފުގައި 2 ގޯލް ޖެހިނަމަވެސް މެޗް ނިމުނުއިރުވެސް ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވިއެވެ. ފައިނަލް މެޗްގެ މެންއޮފްދަ މެޗަށް ހޮވިފައިވަނީ އައި.ޕީ.އެސް ޓީމްގެ މުހައްމަދު އާދަމްއެވެ.

މިރޭގެ މޮޅާއި އެކު ޕޮލިސް މިވަނީ މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަށް ވެފައެވެ. މިރޭގެ ތައްޓާއިއެކު ޕޮލިސްޓީމް މިވަނީ 3 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. ޕޮލިސް ޓީމާއި އެންމެ ވާދަވެރި ފެނަކައަށް މިމުބާރާތް ކާމިޔާބު ކުރެވުނީ 2 ފަހަރުއެވެ.

މިމުބާރާތުގެ ވަންތަކަށް ހޮވިފައިވާ ކުޅުންތެރިންނަކީ:

– މުބާރާތުގެ ފެއަރ-ޕްލޭ ޓީމް ސީ.އެމް.ސީ

– މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މުހައްމަދު މަދީހް، އަހްމަދު ސާޖިދު، މުހައްމަދު އާދަމް، އަލީ ފަވާޒް، އަހްމަދު ރިކްޒާން އަދި އައި.ޕީ.އެސް ގެ ކޯޗް އަލީ ނިފާޒް

– ކިންގް އޮފް ޓޯނަމެންޓް މުހައްމަދު މަދީހް