ޓެކްސް ބޮޑުކުރުމާ ދެކޮޅަށް އިހަވަންދޫ ކައުންސިލުން ނޫސް ބަޔާނެއްނެރެފި

މުޙައްމަދު އަކުރަމް

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ތަކާއި ދެކޮޅަށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލްގައި ތިއްބަވާ 7 ކައުންސިލަރުންގެ ތެރެއިން 6 ކައުންސިލަރަކު ސޮއެކުރައްވާ ނެރެފައިވާ މިބަޔާނުގައި ސޮއެ ކޮށްފައިނުވަނީ ކައުންސިލަރު މަރިޔަމް ޝިފާޒާ އެކަންޏެވެ.

ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރުންފެށިގެނ ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު އެކައުންސިލުން ކަންބޮޑު ވާކަމުގައެވެ. ސަބަބެއް ކަމުގައި ބުނެފައިވަނީ ރައްޔިތުން ބޭނުންކުރާ ޒަރޫރީތަކެތީގެ އަގުބޮޑުވުމުގެ އިތުރުން ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވެފައިވުންކަމުގައެވެ. މީގެއިރުން ނޫސް ބަޔާނުގައިވަނީ ސިޔާސީ މަޤާމްތައް އިތުރުކުރާ ކަމަށާއި، އެތައް ބޭފުޅުންނެއް ޝާމިލްކޮށް ރައީސް ޞާލިހް ވަޒީރުބޭފުޅުން ނާއިއެކު ބޭރުގައުމުތަކަށް ދަތުރުކުރައްވާ ކަމަށްބުނެ ފާޑު ކިޔައިފައެވެ.