Banner Image Description

އިހަވަންދޫގައި މިސްކިތު ދަރުސްތަކެއް ކުރިޔަށް ގެންދަނީ

މުޙައްމަދު އަކުރަމް

މިހަފުތާ ބަންދުގައި އިހަވަންދޫގައި މިސްކިތު ދަރުސްތަކެއް ކުރިޔަށް ދާނެކަމަށް ޔުނިޓީގެ ރައީސް ހުސައިން ރީހާން މުލޫމާތު ދެއްވައިފިއެވެ. އައްޝައިޙް އަބުދުﷲ ރަޝީދު ދެއްވާ މިދަރުސް ތަކަކީ ޔުނިޓީ ޖަމިއްޔާ އާއި އިހަވަންދޫ ކައުންސިލް ގުޅިގެން ކުރިޔަށްގެންދާ ދަރުސް ތަކެކެވެ.

މި ޕްރޮގްރާމްގެ ދަށުން އިހަވަންދޫގެ 4 މިސްކިތެއްގައި ދަރުސް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފުރަތަމަ ދަރުސް އޮންނާނީ ހުކުރު ދުވަހުގެ މަޢްރިބް ނަމާދަށްފަހު ތަޢާވުން މިސްކިތުގައެވެ. ދެވަނަ ދަރުސް އެރޭ އެރޭ އިޝާނަމާދަށްފަހު މަސްޖިދުލް އަބޫބަކުރު ޞިއްދީޤް އަންހުގައި އޮންނައިރު ތިންވަނަ  ދަރުސް އޮންނާނީ ހޮނިހިރު ދުވަހުގެރޭ މަޢްރިބު ނަމާދަށްފަހު ނަޞްރު މިސްކިތުގައެވެ. ފަހު ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު ތައުބާ މިސްކިތުގައެވެ.

ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި އިޖުތިމާއިގޮތުން ޙިދުމަތްކުރުމަށް އުފައްދާފައިވާ ޔުނިޓީ ޖަމިއްޔާއިން އަންނަނީ އިހަވަންދޫގެ އިތުރުން ބޮޑުތިލަދުންމަތީގައިވެސް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.