ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކައުންސިލް ކަޕް 2022” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުބާރާތުގެ ހިންގާ ޤަވާއިދުގައި ވާގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫގެ ޓީމްތަކަށެވެ.  މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅަން ޖެހެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް

އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 500ރ އެވެ. މިމުބާރާތުގައި 1 ނޮވެމްބަރާއި ހަމަޔަށް 16 އަހަރު ފުރިފައިވާ ކުޅުންތެރިންނަށް ކުޅެވޭއިރު ޓީމް ލިސްޓްގައި މަދުވެގެން 8 ކުޅުންތެރިންނާއި 3 އޮފިޝަލުން ޖައްސަން ޖެހެއެވެ.

މިއީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުންނާއި، ނަފްސާނީ ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ އަދި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއީ އެގޮތުން މިމުބާރާތް ބާއްވާ 5 ވަނަ ފަހަރެވެ.