ޔޫތު މިނިސްޓަރު އިހަވަންދޫއަށް ވަޑައިގެންފި

ޢަބުދުﷲ ޙަމީދު

މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑު ކޮމިޔުނިޓީ އެމޕަވަރމެންޓް އަލްފާޟިލް އަޙުމަދު މަޚުލޫފު އިހަވަންދޫއަށް ވަޑައިގެން ފިއެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި މިނިސްޓަރ އިހަވަންދޫއަށް ވަޑައިގަތުމުން އިހަވަންދޫން ވަނީ މިނިސްޓަރަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިނިސްޓަރ މަޚުލޫފު އިހަވަންދޫ އަށް މިއަދު މިކުރެއްވި ޒިޔާރާތަކީ މިރޭ ފެށުމަށް ހަމަޖެހިފައިވާ މައިކަޕު ފުޓުބޯޅަ މުބާރާތް ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ކުރެއްވި ޒިޔާރާތެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.