Banner Image Description

ގަބީލާޓީމް މައިކަޕްގައި ބައިވެރިވުމަށް ދެކުނު ހުވަފެން ހަގީގަތަކަށް!

މުޙައްމަދު އަކުރަމް

ގަބީލާ އެފްސީ މައިކަޕްގައި ބައިވެރިވުމަށް ދެކެމުންދިޔަ ހުވަފެން 11 އަހަރުފަހުން ހަޤީގަތަކަށް ވެފައިވާކަމަށް އެޓީމުން ބުނެފިއެވެ. ގަބީލާ އެފްސީގެ ކެޕްޓަން އަހުމަދު ރިޞްވާން މިނޫހަށް މައުލޫމާތު ދިންގޮތުގައި ގަބީލާ ޓީމް ވުޖޫދުވެފައިވަނީ ކުޅިވަރާއި އިޖްތިމާއީ ޙިދުމަތުގެ ތެރެއިން ތަފާތު ދެއްކުމުގެ މަޤްސަދުގައެވެ.

[އެގޮތުން މައިކަޕް މުބާރާތުގައި އެޓީމުން ބައިވެރިވުމަށް ވޭތުވެދިޔަ 11 އަހަރު ކުރި އުއްމީދު މިއަހަރު ހަޤީގަތަކަށް ވެގެންދާނެކަމަށް އޭނާ ބުންޏެވެ. އޭނާ އިތުރަށް ބުނިގޮތުގައި ގަބީލާ ޓީމުން މިފަހަރުގެ މައިކަޕަށް ނުކުންނަނީ ވަރުގަދަ އަދި މުއްސަނދި ޓީމްތަކާއި ވާދަކޮށް ތަފާތު ނަތީޖާ ދެއްކުމުގެ އުއްމީދުގައި ކަމަށެވެ. މިކަމަށް ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

މިފަހަރުގެ މައިކަޕް މުބާރާތުގައި 12 ޓީމެއް ވާދަކުރާއިރު ގަބީލާ އެފްސީ ހިމެނެނީ ގޫރޫޕް ދޭއްގައެވެ. އެގުރޫޕުގައި ދެން ހިމެނޭ ޓީމްތަކަކީ ޖަންގަލް ރިޔުނައިޓެޑް، ސެންސިޓީގެ އިތުރުން މާރަންދޫ ޔޫތު ސޮސައިޓީއެވެ.