ޖޭ ސްޕޯޓްސް އެކަޑަމީ ފުޓްބޯލް ފިއެސްޓާ 2022 މިއަދު ފަށަނީ

މުޙައްމަދު އަކުރަމް

ޖޭ ސްޕޯޓްސް އެކަޑަމީ ފުޓްބޯލް ފިއެސްޓާ 2022 މިއަދު ހަވީރު ފަށަން ތައްޔާރުވެއްޖެއެވެ. އެކި އުމުރުފުރާތަކުގެ ޖުމްލަ 74 ކުދިންނާއި އެކު ކުރިޔަށްދާ، ޖޭ ސްޕޯޓްސް އެކަޑަމީ ފުޓްބޯލް ފިއެސްޓާގައި، ކުދިންތައްވަނީ 3 ކެޓަގަރީއަކަށް ބަހާލައިފައެވެ.

މިމުބާރާތުގެ ކުޅުން ކުރިޔަށްދާނީ އިހަވަންދޫ ހުރަވީދަނޑުގައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތައް އަންނަ ހޮނިހިރު ދުވަހާއި ހަމަޔަށް ކުރިޔަށްދާނެއެވެ.

ޖޭ ސްޕޯޓްސް އެކަޑަމީ  އަކީ އިހަވަންދޫގައި ކުޅިވަރުގެ ހުނަރުވެރި ޖީލެއް ބިނާކުރުމަށް އަމާޒުކޮށް އުފައްދައްދާފައިވާ އެކަޑަމީއެކެވެ. ޖޭ ސްޕޯޓްސް އެކަޑަމީ ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ 28 އޮކްޓޯބަރ 2021 ގައެވެ. ޖޭ ސްޕޯޓްސް އެކަޑަމީ  މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ރަޖިސްޓްރީ ކޮށްފައިވަނީ 13 އޮކްޓޯބަރ 2021 ގައެވެ. ޖޭ ސްޕޯޓްސް އެކަޑަމީގެ ފަރާތުން ފުޓްބޯޅަ ތަމްރީނުތައް ގަވާއިދުން ހިންގަމުންދާކަން ފާހަގަކުރެވެއެވެ.