އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންގޮސްފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ވިސްނުން އެބަ ހުރިކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.
މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިންފޮމޭޝަން އޮފިސަރ ޒީނާ އުބުދުލް ޢަފޫރު މައުލޫމާތު ދެއްވި ގޮތުގައި، އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަށް އެސްކޮން ބިލްޑަރސް އަށް ދޫކޮށްފައިވަނީ 829309.78ރ ކަމުގައެވެ. ނަމަވެސް އެސްކޮން ބިލްޑަރސްއިން އިތުރުރަށް 1036637.23ރ ހޯދުމަށް ބިލް ކޮށްފައިވާ ކަމަށާއި ނަމަވެސް އެފައިސާ ދޫކުރުމުގެ ވިސްނުމެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުގެން ގުޅޭކަމަށް، ޒީނާ މައުލޫމާތު ދެއްވިއެވެ.
2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު މިމަޝްރޫއު އެސްކޮން ބިލްޑަރސްއާއި ހަވާލުކުރީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް ތަކުރާރުކޮށް އެސްކޮން ބިލްޑަރސްއިން އެއްބަސްވުމާއި ހިލާފުވެފައިވާތީކަމަށްބުނެ، އިހަވަންދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ހެދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން، އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުންވަނީ އުވާލާފައެވެ. އެސްކޮންއާއި އެކު ވެފައިވާ އެއްބަސްވުން އުވާލިއިރު ހޯލްއިމާރާތުގެ ކޮންކްރީޓްގެ މަސައްކަތާއި ރޭނުމުގެ ބޮޑުބަޔެއްވަނީ ނިމިފައެވެ.
މަލްޓި ޕާޕޯސްހޯލްގެ ނުނިމިހުރި މަސައްކަތްތައް 240 ދުވަހުން ނިންމުމަށް، 23 އޮގަސްޓް 2022 ގައި މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި ވަނީ ހަވާލުކޮށްފައެވެ. އެކުން ފުންޏާ މަސައްކަތް ހަވާލުކުރީ 7.7 މިލިއަން ރުފިޔާއަށެވެ.
އިހަވަންދޫ ސްކޫލްގައި ހެދުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 418 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ދެ ޗޭޖިންގް ރޫމާއި، ގުދަނަކާއި، 4 ފާޚާނާ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފާޚާނާ އެއްވެސް ހުރެއެވެ. ދެބުރިއަށް ޢިމާރާތްކުރާ މި ހޯލްގެ މެދަށް ހުސްކޮށް އޮންނަ ގޮތަށް ވަނީ ޑިޒައިން ކޮށްފައެވެ.