Banner Image Description

އެމްޓީސީސީ އިހަވަންދޫ ބޯޓް ޔާޑަށް 14 މުވައްޒަފުން ހޯދަނީ

މުޙައްމަދު އަކުރަމް

މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އިހަވަންދޫގައި ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާ ބޯޓް ޔާޑަށް މުއައްޒަފުން ހޯދަން އިޢުލާން ކޮށްފިއެވެ.

އެގޮތުން މިއަދު އެކުންފުނިން ވަނީ 14 މުވައްޒަފުން ހޯދަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2 އިލެކްޓްރިކް އިންޖިނީއަރުން، 4 ލޭބަރުން، 4 މެރިން މެކޭނިކުން، 2 މެކޭނިކަލް އިންޖިނިއަރުން އަދި 2 އޭސީ ޓެކްނީޝަނުންނެވެ. މިމަޤާމްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ނޮވެމްބަރު މަހުގެ 02 ވަނަ ދުވަހުގެ ކުރިން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.

މިމަޤާމްތަކާއި ބެހޭ އިތުރުތަފްސީލް ހޯއްދެވުމަށް: https://mtcc.mv/careers

އިހަވަންދީ ކައުންސިލުން ވާނީ ބޯޓްޔާޑެއް ތަރައްޤީކުރުމަށް، އިހަވަންދޫއިން 2 ލައްކަ އަކަފޫޓްގެ ބިމެއް އެމްޓީސީ އަށް 50 އަހަރުގެ މުއްދަތަށް ދީފައެވެ.