ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތް ކުރިއަށްދާއިރު އެކި ސަރަހައްދު ތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ: ފެނަކަ

ޢަބުދުﷲ ޙަމީދު

ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުގެ ޖަނަރޭޓަރު ނަންބަރު 2ގެ މެއިންޓެނެންސް މަސައްކަތެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކޯޕަރޭޝަން އިން ބުނެފިއެވެ.

ފެނަކަ އިހަވަންދޫ ބުރާންޗުން އާއްމުކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެބުރާންޗުގެ 600 ކިލޯވޯޓު ކަމިންސް ޖަނަރޭޓަރު ސެޓުގެ މެއިންޓެނެންސް މަސައްކަތެއް މާދަމާ (ހޮނިހިރު ދުވަސް) ހެނދުނު 8:00 އިން ފެށިގެން ކުރިއަށް ދާނެ ކަމަށާއި މިމަސައްކަތް ނިމެންދެން ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. ޖަނަރޭޓަރުގެ މެއިންޓެނެންސް މަސައްކަތަށް ހޭދަވާނެ ވަގުތެއް އެކުންފުނިން ހާމަ އެއް ނުކުރެއެވެ.

މި ޖަނަރޭޓަރަކީ މިމަހުގެ ކުރީކޮޅު އެ ޖަނަރޭޓަރުގެ ޑައިނަމޯގައި ރޯވެ މައްސަލަ ޖެހުމުގެ ސަބަބުން މަރަމާމާތު ކޮށްފައިވާ ޖަނަރޭޓަރެއްކަން ފާހަގަ ކުރެވެއެވެ.