އިހަވަންދޫއަށް ނިސްބަތްވާ 15 އެންޖީއޯއެއް ޔޫތު މިނިސްޓްރީގެ ދަފުތަރުގައި

މުޙައްމަދު އަކުރަމް

އިހަވަންދޫއަށް ނިސްބަތްވާ 15 އެންޖީއޯ އެއް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޖަމިއްޔާތަކުގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ.

އިހަވަންދޫއަށް ނިސްބަތްވާ 15 އެންޖީއޯގެ ތެރޭގައި ހިމެނެނީ 10 ޖަމިއްޔާ، ދެ ކްލަބް،  ދެ ފައުން ޑޭޝަން އަދި އެކަޑަމީއެކެވެ. މީގެތެރެއިން އެންމެ ގިނަދުވަސްވީ ޖަމިއްޔާ އަކީ އިހަވަންދޫ މަސްވެރިންގެ ގުޅުމެވެ. އެޖަމިއްޔާ ރަޖިސްޓްރީ ކޮށްފައިވަނީ 6 ޖޫން 1996 ގައެވެ. އަދި އެންމެފަހުން ރަޖިސްޓްރީ ކޮށްފައިވަނީ އިހަވަންދޫ ވުމަންސް ކޮމިއުނިޓީއެވެ. އެއީ 25 އޮކްޓޯބަރ 2021 ގައެވެ.

އިހަވަންދޫއަށް ނިސްބަތްވާ 15 އެންޖީއޯއެއް ރަޖިސްޓްރީކޮށްފައި ވާނަމަވެސް މީގެތެރެއިން ހަރަކާތްތެރިވަނީ މަދު އެންޖީއޯ ތަކެކެވެ.  އެއްވެސް ވަރަކަށް ހަރަކާތް ނުހިންގާ އެންޖީއޯތައް އުވާނުލަނީ ކީއްވެކަމެއް ޔޫތުމިނިސްޓްރީއިން ސާފުކޮށެއް ނުދެއެވެ.

registered NGO of Ihavandhoo