Banner Image Description

ޞިއްޙީމަޒުކަޒުގައި ހިންގީ ސިޔާސީ ހަރަކާތެއްކަމަށް ޤަބޫލެއް ނުކުރަން : ޝަހުމާ

މުޙައްމަދު އަކުރަމް

އާމިނާ ދިޔޯ ސިއްޙީމަރުކަޒަށް ސްކޭން މެޝިނެއް ސަރުކާރުން ފޯރުކޮށްދިނުން ފާހަގަކޮށް، އިއްޔަ އިހަވަންދޫ ޞިއްޙީމަރުކަޒުގެ ގޯތިތެރޭގައި ހިންގި ހަރަކާތަކީ ސިޔާސީ ހަރަކާތެއްކަމަށް ޤަބޫލު ނުކުރާކަމަށް އާމިނާ ދިޔޯ ސިއްޙީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަލްފާޟިލާ ޝަހުމާ މޫސާ ވިދާޅުވެއްޖެއެވެ. ޝަހުމާ މިގޮތަށް ވިދާޅުވީ މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ޝަހުމާ ވިދާޅުވީ މަރުކަޒުގެ ގޯތި ތެރޭގައި ފޮޓޮއަކަށް ހުއްޓިލުމީ ސިޔާސީ ހަރަކާތެއްކަމަށް ދެކިނުލައްވާ ކަމުގައެވެ.

މީގެ އިތުރުން، މެޝިން ޞިއްޙީމަރުކަޒަށް ގެނައީ ވެރިކަންކުރާ ޕާޓީ ކަމުގައިވާ ޕީޕީއެމްގެ ކެމްޕެއިން މެޓީރިއަލް ހަރުކޮށްފައިހުރި ޕިކަޕެއްގައި ކަމުން އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން ޝަހުމާ ވިދާޅުވީ އެއީވެސް މައްސަލައެއް ކަމަށް ޤަބޫލުނުކުރައްވާ ކަމުގައެވެ. ” އެއީ މަޒުކަޒުން ހިފާފައިވާ ލޮރީއެއް، އެއީ މައްސަލައެއްކަމަކަށް ނުދެކެން” ޝަހުމާ ވުދާޅުވިއެވެ. ޝަހުމާ ވިދާޅުވީ އެލޮރީގައި ކެމްޕޭން މެޓީރިއަލް ހަރުކުރީ “އެމީހުން” (ޕީޕީއެމް މީހުން) ކަމަށެވެ.

އިއްޔަ ހަވީރު އިހަވަންދޫއަށް ސްކޭން މެޝިން ގެނައި ވަގުތު، އިހަވަންދޫގެ ބަނދަރުމައްޗަށް ގިނަބަޔަކު އެއްވިއެވެ. އެއްވި ގިނަމީހުން ތިބީ ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓް ލައިގެންނެވެ. އަދި ރައީސް ޔާމީންގެ ކެމްޕެއިން ބެނާދަމައި ސައުންޑް ހަރުކޮށްފައިވާ ލޮރީއެއް އެސަރަހައްދުގައި އޮތެވެ. ސްކޭން މެޝިން އާމިނާ ދިޔޯ ސިއްޙީމަރުކަޒަށް ގެންގޮސްފައިވަނީ އެލޮރީގައެވެ. އޭރު  އޭގައިހުރި ސައުންޑް ބޭނުންކޮށްގެން ރައީސް ޔާމީނަށް ތާއީދުކޮށް އަޑުއުފުލަމުންނެވެ. އެއަށްފަހު އެހަރަކާތުގައި ބައިވެރިވި ފަރާތްތަކުންވަނީ އާމިނާ ދިޔޯ ސިއްޙީމަރުކަޒުގެ ގޯތި ތެރޭ އެތުރި ފޮޓޯއެއް ނަގައި،  ޝުއޫރު ފާޅުކޮށްފައެވެ.

ޝަރުކާރުގެ މުދަލެއް ފާޅުގައި  ވަކިފަރާތެއްގެ ކެމްޕޭން ހަރަކާތެއްގައި ބޭނުންކޮށް، ނާޒުކް މެޝިނެއް ވަކިޕާޓީއެއްގެ އެކްޓިވިސްޓުންގެ އަތްމައްޗަށް ދޫކޮށްލާފައިވާތީއާއި ސަރުކާރުގެ އިމާރާތެއްގެ ތެރޭ ސިޔާސީ ހަރަކާތް ހިންގާފައިވާތީ އެކަމަށްވަނީ ފާޑުކިޔުން އަމާޒްވެފައެވެ.