Banner Image Description

ސްކޭން މެޝިނަށް އިހަވަންދޫއިން ހޫނު މަރުޙަބާއެއް!

މުޙައްމަދު އަކުރަމް

އާމިނާ ދިޔޯ ސިއްޙީމަރުކަޒުގައި ބޭނުންކުރުމަށް އިއްޔަ ހަވީރު އިހަވަންދޫއަށް ގެނަ ސްކޭން މެޝިން އިހަވަންދޫއަށް ގެނަވަގުތު، އިހަވަންދޫގެ ކުދިބޮޑު ގިނަ ބަޔަކު ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ސްކޭން މެޝިން ގެނައި ތަނަށް ގޮސްތިބި ގިނަމީހުން ތިބީ ރައީސް ޔާމީންގެ ކެމްޕެއިން ޓީޝާޓް ލައިގެންނެވެ. އަދި މަރުހަބާގެ ތެރެއިންވަނީ، އަންހެނުންގެ ސަޤާފީ ދަނޑީގެ އައިޓަމެއް ހުށަހަޅާފައެވެ. މީގެއިތުރުން އުފާފާޅުކުރުމާއި ޝުއޫރު ފާޅުކުރުން އެތަނުގައި އެވަގުތު ކުރިޔަށް ދިޔައެވެ. ސްކޭން މެޝިނާއިއެކު ގިނަބަޔަކު ޞިއްޙީމަޒުކަޒާއި ހަމަޔަށް އޭގެފަހަތުން ދިޔައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު (30 އޯގަސްޓްގައި) ހޯރަފުށީގައި މަސައްކަތްކުރައްވާ އަންހެނުންގެ ޚާއްސަ ޑަކްޓަރ، އާމިނާ ދިޔޯ ސިއްޙީމަރުކަޒުގައި ބަލިމީހުން ބެއްލެވުމަށް މިސްކޭން މެޝިން ބޭނުންކުރައްވާނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އާމިނާ ދިޔޯ ސިއްޙީމަރުކަޒުގައި ބޭނުން ކުރުމަށް ގެނެސްފައިވަނީ އެންޓްރީ ލެވެލްގެ Sonoscape E1 ބްރޭންޑްގެ ޕޯޓަބަލް ސްކޭނަރެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދާ އައުޓްރީޗް ޕްރޮގްރާމް ތަކުގައި މިފަދަ ޕޯޓަބަލް ސްކޭނަރ ބޭނުންކުރެއެވެ. އިހަވަންދޫއަށް ގަވާއިދުން އައުޓްރީޗްގެ ހިދުމަތް ލިބެންފެށީ ވަރަށް ފަހުންނެވެ.