Banner Image Description

އިހަވަންދޫ ކައިރިއަށް ދޯންޏެއް އަޑިއަށް ގޮއްސި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫ ކައިރިއަށް ދޯންޏެއް އަޑިއަށްގޮއްސި އެވެ.

މިއަދު ހަވީރު ހިނގި މިހާދިސާގައި އަޑިއަށް ގޮސްފައި ވަނީ ހއ. ބާރަށު ދޯންޏެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ހއ. އިހަވަންދޫގައި ދިރިއުޅޭ ހއ. ބާރަށު މީހަކު ދުއްވާ ކުޑަ ސަތަރި ދޯންޏެކެވެ.

މިނޫހަށް މައުލޫމާތު ދިން މީހަކު ކިޔާދިން ގޮތުގައި ދޯނީގެ ބަނޑުފިލަލުން ފަޅާގެންގޮސް ދޯނި ދިޔަވާން ފެށުމުން އެންމެ ފުރަތަމަ އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އިހަވަންދޫ ގޭޒް ލޯންޗުންނެވެ. އެލޯންޗު ވަނީ ދިޔަވަމުންދިޔަ ދޯނި ކައިރިއަށް ގޮސް އޭގާ ތިބި މީހުންނާ ބައެއް ސާމާނު ރަށަށް ގެނެސްފައެވެ.

ހއ. ގައްލަންދޫއާ އިހަވަންދޫ އާ ދެމެދުގައި ހުއްޓައި ދިޔަވާންފެށި މިދޯނި މިހާރު ވަނީ އިހަވަންދޫގެ ދޯންޏެއްގައި ކަފުޖަހައިގެން އިހަވަންދޫގެ އިރުމަތީ ފަރާތު ފަޅުތެރެއަށް ގެނެސްފައެވެ. މިވަގުތުވެސް ދަނީ އެދޯނި ކަންނެލި ދޯންޏެއްގައި ބަނދެގެން މައްޗަށް ނެގޭތޯ މަސައްކަތްކުރަމުންނެވެ.