17 ދުވަސް ފަހުން އިހަވަންދޫގެ މޮނިޓަރިން އުވާލައިފި
ހއ. އިހަވަންދޫއަށް އަރައި ފޭބުން ހުއްދަކޮށް އެރަށުގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.
ހެލްތު ޕުރޮޓެކްޝަން އޭޖެންސީ އިން އިހަވަންދޫ މޮނިޓަރިންގ އަށް ލާފައި މިވަނީ އޯގަސްޓު 13 ވީ ހުކުރު ދުވަހު ދ. ކުޑަހުވަދޫން އިހަވަންދޫއަށް އައި 4 މީހުން ކޮވިޑަށް ފައްސިވެފައިވަނިކޮށް އެމީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި 2 މީހަކު އޯގަސްޓު 16 ގައި ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ހާމަކުރައްވާފައިވާ މައުލޫމާތު ތަކަށް ބަލާއިރު އިހަވަންދޫން ކޮވިޑަށް ފައްސިވި ކޭސްތަކާ ގުޅިގެން އިއްޔަގެ ނިޔަލަށް ޖުމުލަ 813 ސާމްޕަލް އެއް ނަގާފައި ވެއެވެ. އެއިގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ 22 ސާމްޕަލް އެވެ. އެމަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި އަދި ނަތީޖާ ނުލިބޭ 19 ސާމްޕަލް އެއް ވާއިރު މިވަގުތު ކޮވިޑު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 14 މީހުންނެވެ. ބަލިޖެހުނު 22 މީހުންގެ ތެރެއިން 8 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން 50 އަށްވުރެ ގިނަ މީހުން އެކަހެރިވާން އަންގައިފި
4 - ޖުލައި - 2022
94 ދުވަސް ފަހުން، ބަލިފެތުރޭ ރަށްތަކުގެ ލިސްޓުން އިހަވަންދޫ ނަގައިފި
4 - އޭޕްރީލް - 2022
އިހަވަންދޫން ރެންޑަމް ސާމްޕަލެއް ފައްސިވެ ޖުމުލަ އެކްޓިވް ކޭސްތަކުގެ އަދަދު 50 އަށް
2 - ޖެނުއަރީ - 2022
ކޮވިޑާއި ގުޅިގެން އިހަވަންދޫގައި އެއްގެއިން އަނެއްގެއަށް ދިއުން ހުއްޓާލުމަށް ނިންމައިފި
1 - ޖެނުއަރީ - 2022
އިހަވަންދޫ މޮނިޓަރިން އަށް ލައިފި
31 - ޑިސެމްބަރު - 2021
ރަށުގެ ކޮވިޑުގެ ހާލަތު ގޯސް، ޓުރާންސިޓު ފެސިލިޓީގައި އެކަކަށް ފަރުވާ ދޭން ފަށައިފި
30 - ޑިސެމްބަރު - 2021
އަނެއްކާވެސް ފުލޫ ސާމްޕަލްތަކެއް ކޮވިޑަށް ފައްސިވެއްޖެ
29 - ޑިސެމްބަރު - 2021
އަދަދުތައް މައްޗަށް، ރޯގާގެ އަލާމަތްތައް ހުރި ފަރާތްތަކުން ލަސްނުކޮށް އެންގުމަށް އިލްތިމާސްކޮށްފި
27 - ޑިސެމްބަރު - 2021
ފުލޫކޭސްތައް ކޮވިޑަށް ފައްސިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
26 - ޑިސެމްބަރު - 2021
ފުލޫ ކޭސް އެއް ފައްސިވެ އެކްޓިވް ކޭސްތަކުގެ އަދަދު 2 އަށް
24 - ޑިސެމްބަރު - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް