Banner Image Description

ކުލަބު ޕޯލްސްޓަރ އިން ރަށުގެ މަގުބައްތި ތައް ބަދަލުކުރަނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ކުލަބު ޕޯލްސްޓަރ (ސީ.ޕީ.އެސް) އިން ރަށުގެ މަގުތަކުގައި ޖަހާފައިވާ ބައްތި ތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.

ސީޕީއެސް ގެ ރައީސް އަލްފާޟިލް މުޙައްމަދު ސުޖާޢު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުލަބުގެ ފަރާތުން ރަށުގެ މަގުބައްތިތައް ބަދަލުކުރުމަށް ކުރަމުން މިދާ މަސައްކަތަކީ ޔޫއެންޑީޕީގެ ޕުރޮޖެކްޓަކަށް ކުލަބު ޕޯލްސްޓަރ އިން ހުށައެޅި ޕުރޮޕޯސަލް އެއް ކާމިޔާބު ކުރެވުމުން، އެފަރާތުން ބަޖެޓުލިބިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

ސުޖާޢު ވިދާޅުވީ މިހާރު އެކުރާ މަސައްކަތުގެ ދަށުން ޔޫއެންޑީޕީ އަށް ޕުރޮޕޯސަލް ހުށައެޅިއިރު ރަށުގައި ހުރި މަގުބައްތިތަކުގެ 25 އިންސައްތަ މަގުބައްތި (52 މަގު ބައްތި) ސޯލާ ބައްތިތަކަކަށް ބަދަލުކުރެވޭނެ ކަމަށެވެ. އެގޮތުން ސޯލާ ބައްތި ތަކަށް ބަދަލުކުރަނީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ހުއްދަ ދެއްވާފައިވާ ގޮތަށް ރަށުގެ ބޮޑެތި މަގުތަކުގައި ހުރި މަގުބައްތިތަކެވެ. އަދި ބާކީ ހުރި މަގުބައްތިތައް ލެޑްލައިޓުތަކަށް ބަދަލުކުރާނެ ކަމަށްވެސް ސުޖާޢު ވިދާޅުވިއެވެ.

ސުޖާޢު ވިދާޅުވީ މިމަސައްކަތުގެ ދަށުން މިހާރު ހުރި މަގުބައްތިތައް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.