ހިލޭ ސާބަހަށް ބަނދަރު ސަރަހައްދު ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދަނީ
އިހަވަންދޫގެ ބަނދަރު ސަރަހައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މިކަމަށްއެދި އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައިވަނީ ހިލޭ ސާބަހަށް ބަނދަރު ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލީ، ހިލޭ ސާބަހަށް ބަނދަރުމަތި ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް އެދި ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީއެވެ.
ބަނދަރު ސަރަޙައްދު ހިލޭ ސާބަހަށް ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ފަރާތްތަކުން، 14 އޮކްޓޯބަރު 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް، ބަނދަރުމަތީގެ ކޮންސެޕްޓް ޑިޒައިން ހުށަހަޅަންޖެހެއެވެ.
ބަނދަރުގެ ކޮންސެޕްޓް ޑިޒައިންކުރާއިރު ބައެއް ބައިތައް ހިމަނަން ކައުންސިލުން އެދެއެވެ. އެއީ ރަސްމީ ފާލަން، ލޯކަލް މާރުކޭޓް، މަސް މާރުކޭޓް، ކޮމާރޝިއަލް އޭރިޔާ ( ފިހާރަތަކާއި ސައި ހޮޓާ ރެސްޓޯރެންޓް )، އިހަވަންދޫ ރަމްޒުކޮށްދޭ މޮނިއުމެންޓް، ބަނދަރުގެ މަގުތައް ޑިޒައިން ކުރާނެގޮތް، ބަނދަރު ފެހިކުރުމަށް ގަސް އިންދުން، ޕޭ ޓޮއިލެޓް، ވިޔަފާރި ގުދަންތައް، ތެޔޮ ވިއްކާތަންތައް ރިލޮކޭޓްކުރާނެގޮތް، ބަނދަރު އޮފީސް އަދި މީހުން އިށީނުމަށް ހަޓް / ބެންޗުތަކެވެ. އަދި މިނޫން ބައިތައްވެސް ކޮންސެޕްޓްގައި ހިމެނިދާނެކަމަށް ކައުންސިލުން ބުނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ސްޕޯޓްސް އެރީނާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ – މެމްބަރު ނަސީރު
19 - އޮކްޓޯބަރު - 2025
އިހަވަންދޫއިން ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު މާދަމާ ހަމަވަނީ!
23 - ޖުލައި - 2025
މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
16 - ޖުލައި - 2025
ތިން ކަމަކަށް ބިން ކަނޑައެޅުމަށް އެޖެންޑާ ކޮށްފި!
8 - އޭޕްރީލް - 2025
އިހަވަންދޫގައި އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅަނީ!
28 - މާރިޗު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް