ރައީސް ޔާމީންގެ ރަނިންގް މޭޓް ޑރ މުހަންމަދު ޝަހީމް އަލީ ސައީދު ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހަފްތާ ތެރޭގައި ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގަންނަވާނެކަން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، މިމަހުގެ 31 ގައި ކުޅުދޫފުށި، އިހަވަންދޫ އަދި ދިއްދޫއަށް ދަތުރު ކުރައްވާނެކަމުގައެވެ.
އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމުގައި ވެސް ހުންނެވި ޑރ ޝަހީމް، ކެމްޕޭންގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންފައިވަނީ އެމަނިކުފާނުގެ އުފަން އަތޮޅު ކަމަށްވާ ގއ. އަތޮޅަށެވެ.