Banner Image Description

ރައީސް ޔާމީން މިއަދު އިހަވަންދޫއަށް ވަޑައިގަންނަވަނީ

މުޙައްމަދު އަކުރަމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިމަހުގެ 16 ވީ ހޯމަ ދުވަހު އިހަވަންދޫއަށް ވަޑައިގަތުމަށް، ކުރިން ހަމަޖެހިފައި އޮތް ދަތުރުފުޅު މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރެއްވުމަށްފަހު މިއަދު އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. އެގޮތުން ރައީސް އިހަވަންދޫއަށް މިއަދު ވަޑައިގަންނަވާނީ މިއަދުގެ ހަވީރުއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މިދަތުރުފުޅަކީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުތަކަށް އުތުރުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާދަތުރުފުޅުގެ ތެރެއިން ކުރައްވާދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ހއ. އަތޮޅާއި ށ. އަތޮޅު ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސްގެ މިދަތުރުފުޅުގައި އިހަވަންދޫގައި ގާއިމްކުރި ނަރުދަމާގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކުރާނެއެވެ.

ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް، އިހަވަންދޫ ބަނދަރު ސަރަހައްދު ވަރަށްބޮޑަށްވަނީ ޒީނަތްތެރިކޮށްފައެވެ. މިއީ ޤައުމުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޔާމީން އިހަވަންދޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.