ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގަންނަވަނީ..

މުޙައްމަދު އަކުރަމް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިމަހުގެ 16 ވާ ހޯމަ ދުވަހު އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ރައީސް އަބްދުﷲ ޔާމީން އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރުގެ ވަގުތުއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައީސްގެ މިދަތުރުފުޅަކީ، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތުތަކަށް އުތުރުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާދަތުރުފުޅުގެ ތެރެއިން ކުރައްވާދަތުރުފުޅެކެވެ. ރައީސްގެ މިދަތުރުފުޅުގެ ތެރެއިން ހއ. އަތޮޅާއި ށ. އަތޮޅު ބައެއް ރަށްތަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގަންނަވާތީ އިހަވަންދޫ ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތްވަނީ ފަށައިފައެވެ. އެގޮތުން އިހަވަންދޫގައި ތިބޭ ފުލުހުން، ޕޮލިސް ސްޓޭޝަން ކުރިމަތީ ދަނީ އުނދޯލިގެއެއް އަޅަމުންނެވެ. ރައީސް މިދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެންފިނަމަ، މިދަތުރުފުޅު ވެގެންދަނީ ޤައުމުގެ ރައީސްގެ ހައިސިއްޔަތުން އިހަވަންދޫއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.