ޕީޕީއެމްގެ އިހަވަންދޫ ދާއިރާގެ އިންތިހާބު: ނަސީރު، ޝާފިއު އަދި އަފްސަލް އިންތިހާބުވެއްޖެ!

މުޙައްމަދު އަކުރަމް and ޢަބުދުﷲ ޙަމީދު

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަންގެ އިހަވަންދޫ ދާއިރާގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިޢުލާން ކޮށްފިއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އިހަވަންދޫ ދާއިރާގެ ރައީސްގެ މަޤާމަށް އިންތިހާބުވީ އަހްމަދު ނަސީރެވެ. ނަސީރު އިންތިހާބު ކާމިޔާބުކުރީ 410 ވޯޓް ހޯއްދަވައިގެންނެވެ. ނަސީރާއި ވާދަކުރެއްވި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ އަށް ލިބިލެއްވީ 203 ވޯޓެވެ.

އިހަވަންދޫ ދާއިރާގެ ނައިބް ރައީސްކަމުގެ އިންތިހާބް އަހްމަދު ޝާފިއު ކާމިޔާބްކުރީ 353 ވޯޓް ހޯދައިގެންނެވެ. ޝާފިއުއާއި އެންމެ ގާތުން ވާދަކުރި މުހައްމަދު އިބްރާހިމްއަށް ހޯދުނީ 158 ވޯޓެވެ. ތިންވަނައަށްދިޔަ ހަލީލް އަށް 53 ވޯޓް ލިބުނުއިރު ފުލަށްދިޔަ މުއީދުއަށް ލިބުނީ 28 ވޯޓެވެ. ޒުވާނުން ހަރަކާތުގެ ރަށު ރައީސްގެ އިންތިހާބު އަފްޒަލް ކާމިޔާބް ކޮށްފައިވަނީ 132 ވޯޓް ހޯދައިގެންނެވެ. އަފްސަލް އާއި ވާދަކުރި އަމީނަށް ލިބުނީ 87 ވޯޓެވެ.

އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް ކަމުގެ މަޤާމަށް ކުރިމަތިލީ އައިޝަތު އަޒުހާރާ އެކަންޏެވެ. އެހެންކަމުން އަޒުހާރާވަނީ އިންތިހާބަކާނުލާ އެމަޤާމަށް ހޮވިފައެވެ.