އައި.ޑަބުލިއު.ސީ.ޖީ ގެ އިސްނެގުމާއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރަނީ
އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕުން އިސްނަގައިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިމަގު ޖަމިއްޔާ، އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގުރޫޕު އަދި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރާގޮތަށް ނިންމައިފިއެވެ. މިދުވަސް ފާހަގަ ކުރުމަށްޓަކައި ތަފާތު އެކިކަހަލަ ސްޓޯލްތަކާއެކު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ގުރޫޕުން ތައްޔާރުވަމުން ދާއިރު މި ފެށޭ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު މި އިވެންޓް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ވިމެންސް ކޮމިއުނިޓީ ގުރޫޕުން މި ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
މި ގުރޫޕުގެ އިސްނެގުމާއެކު މިފަދަ އިވެންޓެއް ފުރަތަމަ ފަހަރަށް ބޭއްވުމަށް ނިންމާފައި ވާއިރު އިވެންޓް ގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުން ކަމަށާއި އަޅުގަނޑުމެން އެންމެންވެސް ތިބީ އެފަރާތްތަކާ އެކުގައިކަން އެފަރާތްތަކަށް އިހުސާސް ކޮށްދީ، އެފަރާތްތަކުގެ އިހުސާސްތައް އަޑުއަހައި ، މުޖުތަމަޢުގެ ތެރޭގައި ބައިވެރިވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް އެ ގުރޫޕުން ބުނެފައިވެއެވެ.
އެއްހަމަ ހަވީރުގެ ނަމުގައި މި އިވެންޓް ބޭއްވުމަށް ތައްޔާރުވަމުންދާއިރު މި ހަވީރުގައި އެކި މުއައްސަސާތަކުގެ ފަރާތުން ތަފާތު ސްޓޯލްތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އިވެންޓްގައި ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ޝޯވއެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް މި ނޫހަށްމައުލޫމާތު ލިބެއެވެ. މީގެ އިތުރުން، މި އިވެންޓްގައި އިސްވެ ހަރަކާތްތެރިވާނީ ހަމައެކަނި ކަނބަލުން ކަމަށާއި ކަނބަލުންގެ ކެރުންތެރިކަމާއި ހީވާގިކަން މި އިވެންޓްގެ ތެރެއިން ފެނިގެންދާނެކަމަށް ކޮމިއުނިޓީ ގުރޫޕުން ބުނެއެވެ.
ހަމަ އެހެންމެ، މި އިވެންޓް ގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ހާއްސަ ސެޝަންތަކެއް , ޑިސެމްބަރު މަހުގެ ފަހުކޮޅު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި މި ސެޝަންތަކުގައި ނުކުޅެދުންތެރިކަން ދެނެގަންނާނެ ގޮތާއި، އެފަރާތްތަކަށް އަޅައިލުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދެވޭނެކަމަށް ވިމަންސް ކޮމިއުނިޓީ ގުރޫޕުން ބުނެއެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވަނީ ސްޕެޝަލް އެޑިއުކޭޝަންގެ ދާއިރާއިން މަތީ ފާސް ނަންގަވައިގެން ހުންނެވި، ވިމަންސް ކޮމިއުނިޓީ ގުރޫޕުގެ ނައިބު ރައީސާ ހަލީމަތު ހުސައިނެވެ. އަދި މި ސެޝަންތަކުގައި ބައިވެރިވާން ބޭނުންވެލައްވާ ފަރާތްތަކުން 9829919 ނަންބަރަށް ގުޅައި ނަން ނޯޓު ކުރައްވަމުން ގެންދިއުމަށް ވިމަންސް ކޮމިއުނިޓީ ގުރޫޕުގެ ރައީސާ ފާތިމަތު ޝާއިރާ އެދިލައްވައެވެ.
މިހާތަނަށް މި އިވެންޓްގައި ބައިވެރިވުމަށް ނިންމާފައިވަނީ އިމަގު، ކުލަބު ޕޯލްސްޓަރ، ޕޮލިސް ސްޓޭޝަން، އިހަވަންދޫ ސްކައުޓް ގުރޫޕު، އިހަވަންދޫ ފެނަކަ ބްރާންޗާއި އާމިނާދިޔޯ ސިއްހީ މަރުކަޒެވެ.
މި މުއައްސަސާތަކުގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ވިމަންސް ކޮމިއުނިޓީ ގުރޫޕުން ވަނީ އިވެންޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެހެނިހެން މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމަށްވެސް އެދިފައެވެ . އަދި މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫގެ އެންމެހާ މުއައްސަސާތަކަށް ހުޅުވައިލެވިފައިވާ ކަމަށް ކޮމިއުނިޓީ ގުރޫޕުގެ ރައީސާ ފާތިމަތު ޝާއިރާ މި ނޫހަށް މައުލޫމާތު ދެއްވަމުން ބުނެފައިވެއެވެ.
މި އިވެންޓްތައް ކާމިޔާބު ކަމާއެކު އެންމެން ގުޅިގެން ކުރިޔަށް ގެންދިއުމަށް އުއްމީދު ކުރާ ކަމަށާއި މި ދުވަހާއި ގުޅިގެން އިތުރަށް ހަރަކާތްތައް ބޭއްވުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާ މަޝްވަރާ ކުރެވެމުންދާ ކަމަށްވެސް ކޮމިއުނިޓީ ގުރޫޕުން ބުނެއެވެ. ވިމެންސް ކޮމިއުނިޓީ ގުރޫޕަކީ ރަށުގައި ހިންގޭ ތަފާތު އެކި ހަރަކާތްތަކުގައި އެކިގޮތްގޮތުން އެހީތެރިވެ، އެއްބާރުލުން ދޭ، ހަރަކާތްތަކުގައި އިސްނަގައިގެން އެކުވެރިކަމާ އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ގުރޫޕެއްކަން ފާހަގަ ކުރެވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ވިމަންސް ކޮމިއުނިޓީ ގުރޫޕާއި ކޮމިއުނިޓީ ސްކައުޓް ގުރޫޕު ގުޅިގެން ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް
15 - ޑިސެމްބަރު - 2020
އެއްހަމަ ހަވީރުގައި ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ހިންގާނެ ހަރަކާތްތައް ހާމަކޮށްފި
11 - ޑިސެމްބަރު - 2020
އިހަވަންދޫގައި ކޮމިއުނިޓީ ސްކައުޓް ހަރަކާތް ފަށަނީ
27 - ޑިސެމްބަރު - 2019
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް
27 - ޖުލައި - 2026
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް