ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް މިއަދު ފަށަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކައުންސިލް ކަޕް 2022” މިއަދު ފަށާނެއެވެ. 7 ޓީމެއް ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗް މިއަދު ހަވީރު 16:30 ހުގައި ފަށާއިރު އެމެޗްގައި ބައްދަލުކުރާނީ ކުޅިމަގު އަދި އެންވީކޭއެވެ.

އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިޔަށްދާ މިމުބާރާތުގެ ކުޅުން މިއަދުން ފެށިގެން މިމަހުގެ 12 އާއި ހަމަޔަށް ކުރިޔަށް ދާނެއެވެ. މިފަހަރުގެ ކައުންސިލް ކަޕްގައި ވާދަކުރާނީ، ކުޅިމަގު، އެންވީކޭ، ޔުނައިޓެޑް ޔޫތް، ކްލަބް އިރަމާ، ސެންސިޓީ، އެފްސީ ވައިޓް ހޯސް އަދި ޕެރިސްއެވެ. މިމުބާރާތުގައި ވާދަކުރާ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިފަވާއިރު ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް 1 ވަނަ އަދި 2 ވަނަ ހޯދާ ދެޓީމެވެ.

މިއީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުންނާއި، ނަފްސާނީ ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ އަދި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދާ މުބާރާތެކެވެ. މިއީ އެގޮތުން މިމުބާރާތް ބާއްވާ 5 ވަނަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ދެ ކައުންސިލް ކަޕްގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ އެންވީކޭ އެވެ.

council-cup-scedule-2022