ކައުންސިލް ކަޕް ވޮލީ މުބާރާތް 2022 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2022  ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުބާރާތުގެ ހިންގާ ޤަވާއިދުގައި ވާގޮތުން މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫގެ ޓީމްތަކަށެވެ. އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހުޅުވައިލާގެން ދެޖިންސްގެ ވަކި މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން 14 ނެވެމްބަރު 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މުބާރާތުގައި ރަޖިސްޓްރީކުރަން ޖެހެއެވެ.

ބައިވެރިވުމަށް އެދޭ ފޯމް 

އަންނަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފީއަކީ 500ރ އެވެ. މިއީ އިހަވަންދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުންނާއި، ނަފްސާނީ ޖިސްމާނީ ގޮތުންވެސް ދުޅަހެޔޮ އަދި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ބާއްވާ މުބާރާތެކެވެ.