ކުނިގޮނޑު ގިރާލައި ބޮޑުސަރަހައްދެއް ތަގައްޔަރުވެއްޖެ!

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ކުނިގޮނޑު ގިރާލައި، ރަށްވަށައިގެންވާ މޫދުގެ ބޮޑު ސަރަހައްދެއް ކުނިބުނިން ތަގައްޔަރުވެއްޖެއެވެ. އެގޮތުން ކުނިގޮޑު ގިރާލުމުގެ ސަބަބުން ކުނި ގޮނޑު އޮންނަ ސަރަހައްދުން ފެށިގެން، މަރިޔަ ކޮށިމަގާއި ދެމެދު ސަރަހައްދުވަނީ ވަރަށްބޮޑަށް ކުނިން ތަގައްޔަރުވެފައެވެ. އެއީ ރަށުގެ ހުޅަނގު އުރުންފެށިގެން، ރަށުގެ އިރު ދެކުނު ސަރަހައްދެވެ.

އިހަވަންދޫއަކީ އެކި މޫސުމަށް ރަށުގެ އެކި ސަރަހައްދު ގިރާލައި ވޮޑޭ ރަށަކަށް ވުމާއިއެކު، ކުނިގޮނޑު ސަރަހައްދު ގިރާލައިގެން އަންނަ ކުނިތައް ޖަމާވަމުންދަނީ ގުދުރަތީ ގޮތުން ރަށުގެ ރީތި ދޮންވެލި ގޮނޑުދޮށް އޮންނަ ސަރަހައްދަށެވެ. އެއީ ގިނަމީހުން މަސްބާނަންގޮސް މޫދަށްވެސް އެރުމަށް ބޭނުންކުރާ ސަރަހައްދެވެ.

މިކަމާއި ގުޅިގެން ޕަބްލިކް ހެލްތް އެންޑް އޮކިއުޕޭޝަނަލް ހެލްތްއިން ޕީއެޗްޑީ ހައްދަވާފައިވާ ޑރ. މުހައްމަދު ޒަޙޫރުއާއި ސުވާލުކޮށްލުމުން އެބޭފުޅާ ވިދާޅުވީ، މިކަމަކީ ސީރިއަސް އިޝޫއެއްކަމަށާއި އާމު ސިއްހަތަށްހުރި ބޮޑު ނުރައްކަލެއްކަމުގައެވެ. “ކުނި އަންދާ ކުނިގޮނޑެއްގައި މާކިއުރީފަދަ ވިހަ މާއްދާހުންނާނެ، ވީމާ އެސަރަހައްދަށް އެއްވެސްބަޔަކު މޫދަށްއެރިގެންނުވާނެ، އަދި އެސަރަހައްދުން ހިފާ އެއްވެސް ބާވަތެއްގެ މަހެއް ކައިގެންނުވާނެ” އެބޭފުޅާ ވިދާޅުވިއެވެ.

ކުނިން ތަގައްޔަރުވެފައިވާ ސަރަހައްދު ރަތްކުލައިން ފާހަގަކޮށްފައި.