Banner Image Description

ވޯޓު ދިނުމުގެ ހައްޤުލިބޭ މީހުންގެ ލިސްޓު ޢާންމުކޮށްފި

ޢަބުދުﷲ ޙަމީދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފިއެވެ.

އަންނަ އޭޕްރީލް މަހުގެ 10ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ 1414އަށް އެސްއެމްއެސްކޮށްގެން ރަޖިސްޓްރީ ޗެކް ކުރުމަށް އިލެކްޝަނުން ވަނީ އެދިފައެވެ.

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 01:00 އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ވަނީ ޝަކުވާ ހުށަހެޅުމަށް ފުރުސަތު ދީފައެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމު މެދުވެރިކޮށް ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ވޯޓު ދިނުމުގެ ހައްޤުލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހިނގާ ފެބްރުވަރީ މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.