ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަން އިއުލާން ކޮށްފިއެވެ. މިއީ ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ.
ހއ އަތޮޅުގެ ސަރުކާރު އޮފީސް ތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒްކޮށްގެން ބާއްވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދާނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.
ހއ އަތޮޅުގެ މުވައްސަސާތަކުގައި ޙިދުމަތް ދެއްވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، މުވައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އިޖްތިމާއީ ގުޅުން ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވާ މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހެއެވެ. އެރަށެގެ ހިމެނޭ ހުރިހާ މުއައްސަސާއެއް އެއްކޮށްލައިގެންވެސް ޓީމްތައް ނެރެވޭއިރު އެރަށަކުން އެއްޓީމަށްވުރެ ގިނަ ޓީމް ބައިވެރިވާން ހުށަހަޅައިފިނަމަ، އެރަށެއް ތަމްސީލްކުރާނެ ޓީމެއް ކަނޑައަޅާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.
މިއީ ހއ އަތޮޅުގައި މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
މުބާރާތުގެ ޤަވާއިދު
މުބާރާތުގައި ބައުވެރިވާން އެދޭ ފޯމް
ޓީމް ލިސްޓް ހުށަހަޅާ ފޯމް