Banner Image Description

ކައުންސިލް މަސްރޭސް މިއަހަރުވެސް

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލެވިގެން އިހަވަންދޫ ކައުންސިލުން “އޮމެގަރ މަސްރޭސް” ގެ ނަމުގައި މިއަހަރުވެސް މަސްރޭހެއް އިއުލާންކޮށްފިއެވެ.

އެއްވަނަ ޓީމަށް 5000ރ އަދި ދެވަނަ ޓީމަށް 2000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމަސްރޭހުގައި އެންމެ ގިނަ މަސްބާނާ ފަރާތަކަށް އަދި އެންމެ ބަރު މަސްބާނާ ފަރާތަށްވެސް 500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. 10 ޑިސެމްބަރ ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:00 އިން 21:00 އަށް ކުރިޔަށްދާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 8 ޑިސެންބަރު ވަނަ ދުވަހުގެ 14:00 އެވެ.

މިދިޔަ އަހަރު އިހަވަންދޫ ކައުންސިލުން ބޭއްވި މަސްރޭސް 59.70 ކިލޯގެ މަސް ބާނައިގެން ކާމިޔާބުކުރީ އިހަވަންދޫ ކައުންސިލްގެ ޓީމެވެ. އެންމެ ބަރުމަސް ބާނާފައި ވަނީ އިހަވަންދޫ މެޖިސްޓުރޭޓު ކޯޓު ޓީމުގެ، އަޙްމަދު ރަޝީދު އެވެ. އޭނާ ވަނީ 32.40 ކިލޯގެ މުޑަހަންޖެއް ބާނާފައެވެ. ގެންމެ ގިނަމަސް ބާނާފައިވަނީ އިހަވަންދޫ ޕޮލިސް ޓޭޝަން ޓީމުގެ އަޙުމަދު ނިޒާމް އެވެ. އޭނާ 23 މަސް ބޭނިއެވެ.