އިމަގުން އަގޮބޮޑު ފުޓްބޯޅަ މުބާރާތެއް އިއުލާންކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ޣާޒީ ކަޕްގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން އިއުލާން ކޮށްފިއެވެ.

އަންނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ ގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވާއިރު ރަނައަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. އިހަވަންދޫގެ ކޮންމެ ރައްޔިތަކަށްވެސް ޓީމެއް އެކުލަވާލައިގެން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފާވާއިރު، ރަށުގެ އެއްވެސް މުއައްސަސާއެއް އަދި އެންޖީއޯއެއްގެ ނަމުގައިވެސް ޓީމެއް ނުނެރެވެއެވެ. މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓްގައި ހިމެނެނީ 15 އަހަރުން މަތީގެ ޒުވާނުންނެވެ. އިހަވަންދޫ ޣާޒީ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ޓީމަށްވުރެ އިތުރަށް މިމުބާރާތުގައި ބައިވެރިވާނަމައެވެ.

– ޓީމް ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް (ސުންގަޑި: 20 ޑިސެންބަރު 2022 ގެ ކުރިން)
– މުބާރާތުގެ ޤަވާޢިދު
– ޓީމް ލިސްޓް ހުށަހަޅާ ފޯމް (28 ޑިސެންބަރު 2022 ގެ ކުރިން)