ޖޭ ސްޕޯޓްސް އެކަޑަމީ އިފްތިތާހުކޮށްފި
އިހަވަންދޫގައި ކުޅިވަރުގެ ހުނަރުވެރި ޖީލެއް ބިނާކުރުމަށް އަމާޒުކޮށް އުފެއްދި ކުޅިވަރު ޖަމްޢިއްޔާ "ޖޭ ސްޕޯޓްސް އެކަޑަމީ" އިފްތިތާހު ކޮށްފިއެވެ.
ޖޭ ސްޕޯޓްސް އެކަޑަމީ އިފްތިތާހު ކުރުމަށް އިހަވަންދޫ ހުރަވީ ދަނޑުގައި ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވީ 2008 ވަނަ އަހަރު ދިވެހިރާއްޖެއަށް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ކެޕްޓަން ޢައްސަދު ޢަބްދުލްޣަނީ އެވެ. ރޭގެ ޙަފުލާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލް އަދި އެ މިނިސްޓްރީގެ މުވައްޒަފުންނާއި އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢުގެ އިތުރުން އިހަވަންދޫގައިހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.
އެކި އުމުރުފުރާތަކުން ޖުމްލަ 97 ދަރިވަރުންނާއެކު ފަށާ ޖޭ ސްޕޯޓްސް އެކަޑަމީގެ އިސް ދެ ޓްރައިނަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނީ އިހަވަންދޫގައި މިވަގުތު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބު ދެ ކޯޗުން ކަމަށްވާ ޙުސައިން ފަޔާޒް އަދި ޙަމްޒާ އިބްރާހީމް އެވެ.
ޖޭ ސްޕޯޓްސް އެކަޑަމީގެ ހަރަކާތްތައް ފުޓްބޯޅައިން ފެށިގެންދާ ނަމަވެސް ކުރިއަށް އޮތްތަނުގައި ވޮލީ އަދި ހެންޑްބޯލްގެ ޓްރެއިނިންގެތައް އެކަޑަމީގެ ތެރެއިން ކުރިއަށް ގެންދިއުމަކީ އަމާޒެއްކަމަށް ޖޭ ސްޕޯޓްސް އެކަޑަމީން ހާމަކުރައްވައެވެ.
އަންނަ ނޮވެމްބަރު މަހު އެކަޑަމީގެ ޕްރޮގްރާމްތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު ފުޓްބޯޅަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެކަށީގެންވާ ދަނޑެއް ނެތުމުގެ ކަންބޮޑުވުން އެ އެކަޑަމީން ރޭގެ ހަފުލާގައި ވަނީ ފާހަގަކޮށްފައެވެ.
ގުޅުން ހުރެދާނެ ލިޔުން
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
އިހަވަންދޫ ޓީމުގެ ފުރަތަމަ މެޗް މިމަހުގެ 10 ވަނަ ދުވަހުގެރޭ އިހަވަންދޫގައި!
5 - އޮގަސްޓު - 2026
ފޮޓޯ: ޖޭ ސްޕޯޓްސް އެކަޑަމީ ފުޓްބޯލް ފިއެސްޓާ 2022
27 - އޮކްޓޯބަރު - 2022
ޖޭ ސްޕޯޓްސް އެކަޑަމީ ފުޓްބޯލް ފިއެސްޓާ 2022 މިއަދު ފަށަނީ
25 - އޮކްޓޯބަރު - 2022
އިހަވަންދޫ ބަލިކޮށް ނައިވާދޫ ނޯތް ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދައިފި
7 - އޮކްޓޯބަރު - 2026
ފޮޓޯ: ގާތުމަލަ ފިހާރައިގެ ފާރެއް ވެއްޓި ގެއްލުންވުން
7 - އޮކްޓޯބަރު - 2026
ފައިނަލް މެޗްގައި އިހަވަންދޫއަށް ސަޕޯޓްކުރުމަށް ނައިވާދޫއަށް ދިއުމުގެ ފުރުސަތު
7 - އޮކްޓޯބަރު - 2026
އިހަވަންދޫ ފަހަތުން އަރައި ކަނޑިތީމާއި އެއްވަރުކޮށް ފައިނަލަށް!
5 - އޮކްޓޯބަރު - 2026
މިއަދު ކަނޑިތީމާ ދެކޮޅަށް އިހަވަންދޫ ނުކުންނަނީ ފައިނަލް ކަށަވަރުކުރުމުގެ އުންމީދުގައި!
5 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް