ކައުންސިލް މަސްރޭހުން އެއްވަނަ ހޯދީ ޕޯލްސްޓަރ

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަހުގެ މުނާސަބާތުގައި އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތައް އަދި ކުލަބު ޖަމިއްޔާތަކަށް ހުޅުވާލެވިގެން އިހަވަންދޫ ކައުންސިލުން އިއްޔަ ބޭއްވި އޮމެގަރ ކައުންސިލް މަސް ރޭސް 2022 ގެ އެއްވަނަ ޓީމަކަށް ކްލަބް ޕޯލްސްޓަރ ހޮވިއްޖެއެވެ.

ނުވަ ޓީމް ވާދަކުރި މިމުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޕޯލްސްޓަރ ހޯދީ 42 ކިލޯގެ މަސް ބާނައިގެންނެވެ. އެޓީމަށްވަނީ 5000ރ ގެ ފައިސާގެ އިނާމު ދީފައެވެ. މުބާރާތުގެ ދެވަނަ ޓީމަށް ހޮވުނީ ޓީމް އިރަމާއެވެ. އެޓީމުންވަނީ 39.65 ކިލޯގެ މަސްބާނާފައެވެ. 2 ވަނަ ޓީމަށްވަނީ 2000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.

މިމުބާރާތގައި އެންމެ ގިނަ މަސް ބާނައިގެން 500ރ ގެ އިނާމް ހާސިލްކުރީ ހިޔާ ފައުންޑޭޝަނުގެ ޓީމް އިރަމާގެ އިބްރާހިމް ސައުދޫންއެވެ. އޭނަވަނީ 11 މަސް ބާނާފައެވެ. މުބާރާތުގެ އެންމެ ބަރުމަސް ބާނައިގެން 500ރ ގެ ފައިސާގެ އިނާމު ހާސިލްކުރީ ޕޯލްސްޓަރގެ ބަދުރުއް ނަސީރުއެވެ. އޭނާ ބޭނި ހިބަރުގައި 28.45 ކިލޯ ހުއްޓެވެ.