އިހަވަންކަޕްގައި އެންވީކޭ ކުޅޭނީ ރަށު ރޫހުގައި

މުޙައްމަދު އަކުރަމް

ހއ އަދި ހދ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުލަބު ޕޯލްސްޓަރއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ރައުންޑް މިހިނގާ ޑިސެމްބަރ މަހުގެ 23 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާއިރު، އެމުބާރާތުގައި މިހާރު އޮތް އިހަވަންދޫއަށް ނިސްބަތްވާ ހަމައެކަނި ޓީމްކަމަށްވާ އެންވީކޭގެ ޕްރެކްޓިސް ފަށައިފިއެވެ.

އެންވީކޭ އިން މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާއިރު، ޓީމްގެ މެނޭޖްމެންޓުން މައުލޫމާތު ދޭގޮތުގައި، ޓީމްގެ އަމާޒަކީ މުބާރާތުގެ ތަށި ހިއްލާލައި އިހަވަންދޫއަށް ރީތި ނަމެއް ހޯދައިދިނުމެވެ. “އަޅުގަނޑުމެން ދެކެނީ އަޅުގަނޑުމެންގެ ކޮނޑުގައި ވަރަށްބޮޑު ޒިންމާއެއް އެޅިފައި އޮތްކަމަށް. އިހަވަންދޫ ޓީމަކަށް މިހިސާބަށް އާދެވުނީ އަޅުގަނޑުމެންނަށް އެކަނި. އެހެންކަމުން މިމުބާރާތުގައި ރަށް ތަމްސީލްކުރުމުގައި އަޅުގަނމެން ވެވުނު ޤުރުބާނީއެއް ވާނަން” ޓީމްގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ ސާޖިދް ބުންޏެވެ. ޖުމްލަކޮށް ޓީމުން އެދެނީ އިހަވަންދޫގެ އެހެން ޓީމްތަކާއި ރައްޔިތުންގެ ހެއޮދުއާއާއި ސަޕޯޓަށެވެ. އެންވީކޭގެ އަޒުމަކީ ޓީމްގެ ނަމަށްވުރެ ރަށުގެނަން ދިރުވުމެވެ.nvk-2022-cup-a

ޗެމްޕިއަން ޓީމަށް 50000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައިވަނީ ހޯރަފުށީ ކޮމިއުނިޓީ ސެންޓަރ، ދިއްދޫ އެޗްއެން ސްޕޯރޓްސް، މާރަންދޫ ބަނޑޭރި ސްޓަރ، މާރަންދޫ ޔޫތް ސޮސައިޓީ، ނޮޅިވަރަމް ކައުންސިލްގެ ރެކްރިއޭޝަން ކްލަބް އަދި އިހަވަންދޫއަށް ނިސްބަތްވާ އެންވީކޭއެވެ.