Banner Image Description

އިމަގު މަސް ރޭހުން އެއްވަނަ ހޯދީ ޓީމް "ދުއްޕާން"

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަހާއި ގުޅިގެން އިހަވަންދޫ މަސްވެރިންގު ގުޅުން “އިމަގު” ޖަމިއްޔާއިން ކުރިޔަށް ގެންދިޔަ، އޮމެގާ އިމަގު މަސްރޭސް 2022 ގެ އެއްވަނަ “ދުއްޕާން” ޓީމުން ހޯދައިފިއެވެ.

ޖުމްލަ 9 ޓީމާއިއެކު ކުރިޔަށްދިޔަ މިމަސް ރޭހުގެ އެއްވަނަ ދުއްޕާން ޓީމުން ހޯދައި 5000ރ ގެ ފައިސާގެ އިނާމް ކާމިޔާބުކުރީ %95 ހޯދައިގެންނެވެ. %56.8 ލިބުނު ކްލަބް އައިޕީއެސް ދެވަނަ ހޯދުމުން އެޓީމަށް 2000ރ ގެ ފައިސާގެ އިނާމެއް ދިނެވެ.

މުބާރާތުގެ އެންމެ ގިނަ މަސްބޭނީ ޓީމް ސިއްސުވާލީގެ އަބުދުﷲ ރަޝީދު، ބަނަފްސާގެ އެވެ. އޭނާ ޖުމްލަ 23 މަސް ބޭނިއެވެ. 13.65 ކިލޯގެ ފާނައެއް ބާނާގެން އެންމެ ބަރުމަސް ބޭނީ މީހާގެ އެވޯޑް ހާސިލްކުރީ ޓީމް “ދުއްޕާން” ގެ އަބުދުﷲ އިރުޝާން (އިއްޓެބެ) އެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން އިމަގުޖަމިއްޔާއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން މިހާރު ކުރިޔަށް ގެންގޮސްފައިވާ ހަރަކާތްތަކުގެ އިތުރުން މަސްވެރިންގެ ސައްލާ އާއި މަސްވެރިންގެ އެވޯޑް ނައިޓް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެޖަމިއްޔާއިން މިހަރަކާތްތައް ކުރިޔަށް ގެންދަނީ ހއ އަތޮޅު ކައުންސިލާއި ގުޅިގެންނެވެ.