Banner Image Description

އިހަވަންދިއްޕޮޅު ރަސްތަރިއަށް ޔައިޝާ

މުޙައްމަދު އަކުރަމް

އިހަވަންދިއްޕޮޅު ރަސްތަރި 2022 އަށް ޔައިޝާ ޔާސިރު އިބްރާހިމް/ ދޭލިޔާގެ، ހއ. އިހަވަންދޫ ހޮވިއްޖެއެވެ. މިމުބާރާތުގެ ވަނަތައް އިއުލާންކުރީ ރޭ އިހަވަންދޫ ސްކޫލްގެ ހޯލްގައި އޮތް މިމުބާރާތުގެ 3 ވަނަ ރައުންޑް ގެ ފައިނަލް ބުރަށްފަހުއެވެ.

މުބާރާތުން އެއްވަނަ އަށް ހޮވުނު ޔައިޝާ އަށްވަނީ އަސްކޮއި ހައްޖު އެންޑް އުމުރާ ގުރޫޕުން ދޭ އުމުރާ ދަތުރުގެ އިތުރުން 5000ރ ގެ ފައިސާގެ އިނާމް އަދި އެރިސް ޑެކަރ އިން ހުށަހަޅާފައިވާ 5500ރ ގެ އަގުރި ޑައިނިން ސެޓެއް ދީފައެވެ. މިމުބާރާތުގެ ދެ ވަނަ އަށް ހޮވިފައިވަނީ ޢާއިޝަތު ނީޝާން އާދަމް ނާފިޒް، ހއ. ކެލާ އެވެ. ދެވަނަ އަށް ހޮވިފައިވާ ނީޝާންއަށްވަނީ ނަވާ ހައްޖު އެންޑް އުމުރާ ގުރޫޕުން ދޭ އުމުރާ ދަތުރުގެ އިތުރުން 3000ރ ގެ ފައިސާގެ އިނާމެއްވެސް ދީފައެވެ. މުބާރާތުގެ 3 ވަނަ އަށް ހޮވިފައިވަނީ ފާތިމަތު ރިފްޢާ ރުޝްދީ، ހއ. ކެލާ އެވެ. 3 ވަނަ އަށް ހޮވިފައިވާ ރިފްޢާ އަށްވަނީ 2000ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.

މުބާރާތުގެ ވަނަތައް:

1 ވަނަ ޔައިޝާ ޔާސިރު އިބްރާހިމް، ހއ. އިހަވަންދޫ

2 ވަނަ ޢާއިޝަތު ނީޝާން އާދަމް ނާފިޒް، ހއ. ކެލާ

3 ވަނަ ފާތިމަތު ރިފްޢާ ރުޝްދީ، ހއ. ކެލާ

4 ވަނަ ފާތިމަތު ނަދުވާ، ހއ. އިހަވަންދޫ

5 ވަނަ ޒައިދު ހުސައިން، ހއ. މާރަންދޫ

“އިހަވަންދިއްޕޮޅު ރަސްތަރީގެ” ނަމުގައި، އިހަވަންދޫ ކައުންސިލާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ކްލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން ކުރިޔަށްގެންދިޔަ މިމުބާރާތުގައި 8 ރަށަކުން 63 ބައިވެރިން ބައިވެރިވިއެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް ވިދާޅުވީ، އަންނަ އަހަރު މިއަށްވުރެ ފުރިހަމައަށް މިމުބާރާތް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.