ފިޝަރީސް މިނިސްޓަރ ޑރ. ހުސައިން އިހަވަންދޫއަށް ވަޑައިގެންފި

މުޙައްމަދު އަކުރަމް

މިނިސްޓަރ އޮފް ފިޝަރީސް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ހަވީރު އިހަވަންދޫއަށް ވަޑައިގެންފިއެވެ.

ޑރ. ހުސައިން އިހަވަންދޫއަށް ވަޑައިގަތީ، ހއ އަތޮޅު ކައުންސިލާއި އިމަގު ޖަމިއްޔާއާއި ގުޅިގެން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންގަމުންދާ ހަރަކާތްތަކުގައި ބައިވެރިވުމަށް އިމަގު ޖަމިއްޔާއިން ދިން ދައުވަތަކަށެވެ. އިމަގު ޖަމިއްޔާގެ ރައީސް މޫސާ އަލީ ވިދާޅުވީ މިނިސްޓަރުގެ ދަތުރުފުޅުގައި މާދަމާ މެންދުރު 14:00 ގައި އިމަގު ވެހީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ސައްލާގައި ބައިވެރިވުމުގެ އިތުރުން، މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހއ. އަތޮޅު ކައުންސިލް އިމަގު މަސްވެރިކަމުގެ އެވޯޑް 2022  ހަފްލާ ޝަރަފްވެރި ކޮށްދެއްވާނެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން އިމަގުޖަމިއްޔާއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އެޖަމިއްޔާއިން މިހަރަކާތްތައް ކުރިޔަށް ގެންދަނީ ހއ އަތޮޅު ކައުންސިލާއި ގުޅިގެންނެވެ.