އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް

މުޙައްމަދު އަކުރަމް

އިހަވަން ކަޕްގެ ފައިނަލަށް މާރަންދޫ ޔޫތް ސޮސައިޓީ އަދި ދިއްދޫ އެޗްއެން ސްޕޯރޓްސް ދަތުރު ކޮށްފިއެވެ. މި ދެޓީމްވެސް ފައިނަލަށް ދަތުރުކުރީ އިއްޔަ ކުޅުން މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތަކުގައި ފުރިހަމަ ވަގުތުގައި ހަމަހަމަ ނަތީޖާއެއް ނުކުތުމުން ޖެހި ފެނަލްޓީ އިން ކުރި ހޯދައިގެންނެވެ.

ދިއްދޫ އެޗްއެން ސްޕޯޓްސް އާއި އިހަވަންދޫ އެންވީކޭ އިއްޔަ ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީ ޝޫޓް އައުއްޓްގައި އެޗްއެން ސްޕޯޓްސް އިން އެންވީކޭގެ މައްޗަށް ކުރި ހޯދީ 5-6 އިންނެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރީ މާރަންދޫ އަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ، މާރަންދޫ ޔޫތް ސޮސައިޓީއާއި، ބަނޑޭރި ސްޓާއެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މާރަންދޫ ޔޫތް ސޮސައިޓީ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މިދެޓީމް ބައްދަލުކުރާ ފައިނަލް މެޗް ކުޅޭނީ މާދަމާރޭ 20:15 ގައި އިހަވަންދޫ ހުރަވީ ދަނޑުގައެވެ.