Banner Image Description

ހަމްޕް ޖަންގަލް ޓީމާ ގުޅިއްޖެ

މުޙައްމަދު އަކުރަމް

ހަމްޒާ މުހައްމަދު (ހަމްޕް)، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު  ޣާޒީ ކަޕްގައި ވާދަކުރާ ޖަންގަލް ޓީމާ ގުޅިއްޖެއެވެ. ހަމްޕް ޖަންގަލް ޓީމާއި ގުޅިފައިވަނީ މިއަދު ހެނދުނުއެވެ. ޖަންގަލް ޓީމްގެ ސަޕޯޓަރުންވަނީ ހަމްޕް އަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޣާޒީކަޕްގައި ވާދަކުރާ ޓީމްތަކުގެ ސްކޮޑުގައި ރަށުން ބޭރު 3 ކުޅުންތެރިން ޖެއްސޭއިރު ބައެއް ޓީމްތަކުންވަނީ ސަރަހައްދީ އަދި ޤައުމީ ލެވެލްގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންގެނެސްފައެވެ. ޖަންގަލް ޓީމުން، ނިމިދިޔަ އިހަވަންކަޕްގެ އެންމެ މޮޅު ޑިފެންޑަރު ދިއްދޫ އާދަމް ނަސީމް، މުނީޒް، ތަހްސީން، ސައުދު ،ފަވާޒް، ޝާނިއު އަދި ގައްރަ ފަދަ ކުޅުންތެރިން ހިމަނާފައިވާއިރު އެންވީކޭ އިންވެސް ވަނީ ސްކޮޑް ވަރުގަދަ ކޮށްފައެވެ. އެންވީކޭ ސްކޮޑްގައި ޔާމިން ސައްޓު އަދި އެންޑީ ހިމަނާފައިވާއިރު އެހެން ޓީމްތަކުންވެސް ރަށުންބޭރުން ހުނަރުވެރި ކުޅުންތެރިން ގެނެސްފައިވާކަން ފާހަގަކުރެވެއެވެ.

ޣާޒީ ކަޕްގެ ފުރަތަމަ މެޗް މިއަދު ހަވީރުވަނީ ކުޅެފައެވެ. ކުޅިމަގު އަދި ސެންސިޓީ ވާދަކުރި މިމެޗް 3-0 ގެ ނަތީޖާ އަކުން ކާމިޔާބުކުރީ ކުޅިމަގެވެ. މިމުބާރާތުގެ ދެވަނަ މެޗްގައި މާދަމާ ހެނދުނު 6:00 ޖަންގަލް ނުކުންނާނީ ބޮޑުމަގާ ދެކޮޅަށެވެ.