Banner Image Description

ސަރަހައްދީ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ސީޕީއެސް އިން ބާއްވަނީ

މުޙައްމަދު އަކުރަމް

ހއ،ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، މިސަރަހައްދުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް މިއަހަރުގެ ޖުލައި މަހު ބާއްވާނެކަމަށް ކްލަބް ޕޯލްސްޓާއިން އިއުޢުލާން ކޮށްފިއެވެ. އެކަން އިއުލާންކުރީ އިހަވަންކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއުއެވެ.

ސުޖާއު ވިދާޅުވީ އެ މުބާރާތް މިއަހަރުގެ ޖުލައިމަހު ކުރިޔަށް ގެންދާނެ ކަމަށާއި، އެމުބާރާތުގައި ބައިވެރިވުމަށް ހުރިހާ ޓީމްތަކަށްވެސް ދައުވަތު ދޭކަމުގައެވެ.  ސުޖާއު ފާހަގަކުރެއްވީ މިއީ ކްލަބް ޕޯލްސްޓާގެ ރިހިޔޫބީލް ވަނަ އަހަރާއި ގުޅުވައިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއްކަމަށެވެ. މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް ޖުލައި މަހު ކުރިޔަށް ގެންދާނެކަންވެސް ސުޖާއު ވަނީ އިޢުލާން ކޮށްފައެވެ.

ކްލަބް ޕޯލްސްޓަރ އިން ބޭއްވުމަށް މަސައްކަތްކުރަނީ މިސަރަހައްދުގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބަރާތްނަމަވެސް، އަދި އެމުބާރާތުގެ އަގެއް އެކުލަބަކުން ހާމައެއް ނުކުރެއެވެ. ކްލަޕް ޕޯލްސްޓާއަކީ މިސަރަހައްދުގައި އެންމެ އަގުބޮޑެތި މުބާރާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެވެ. އެގޮތުން މިހާރުވެސް އެކްލަބުން އަންނަނީ އިހަވަން ކަޕްގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަމުންނެވެ. އެމުބާރާތުގެ ޗެމްޕިއަނުންނަށް 50000ރ އަދި ދެވަނަ ޓީމަށް 25000ރ ގެ ފައިސާގެ އިނާމެއް ދެއެވެ. 13 އަހަރުވަންދެން މެދުކެނޑުމެއްނެތި ކުރިޔަށް ގެންދިޔަ މައިކަޕް ފުޓްބޯޅަ މުބާރާތް ވަކި ހިސާބަކުން ހިންގާފައިވަނީވެސް ކްލަބް ޕޯލް ސްޓާރ އިންނެވެ. އެމުބާރާތުގެ އެންމެ ފަހު މުބާރާތް 2019 ވަނަ އަހަރު ކުޅުނުއިރު ޗެމްޕިއަން ޓީމަށް 75000ރ އަދި އަދި ދެވަނަ ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމުވަނީދީފައެވެ.

ކްލަބް ޕޯލްސްޓަރ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ 29 ޖުލައި 1999 ގައެވެ.