ފަހަތުންއަރާ ސެންސިޓީން ޖަންގަލް ބަލިކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ދެވަނަ ބުރުގެ ތިންވަނަ މެޗްގައި މިއަދު ސެންސިޓީއިން ފަހަތުންއަރާ ޖަންގަލް ބަލިކޮށްފިއެވެ. މިއަދުގެ މެޗް ސެންސިޓީން ކާމިޔާބުކުރީ 3-5 ގޯލުންނެވެ.

މެޗްގެ ފުރަތަމަ ދެ ގޯލްޖަހައި ޖަންގަލްއިން ލީޑް ނެގިނަމަވެސް، ސެންސިޓީންވަނީ ފަހަތުންއަރާ 5 ގޯލް ޖަހާފައެވެ. ޖަންގަލްގެ ތިންވަނަ ގޯލަކީ ފަހުވަގުތު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މިމެޗްގައި ޖަންގަލްއަށް ހަމްޒާ ދެ ގޯލް ޖަހައިދިންއިރު އާދަމް ނަސީމްވެސް ގޯލެއް ޖަހައިދިނެވެ. ސެންސިޓީން ޖެހި 5 ގޯލްގެ ތެރެއިން 2 ގޯލްޖެހީ މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ހާސިމް ރަޝީދުއެވެ. މީގެއިތުރުން އައިސަމް، ސަމީއު އަދި ޒަޔާންވެސްވަނީ ގޯލް ޖަހައިފައެވެ.

މާދަމާ ހަވީރުވެސް މިމުބާރާތުގެ މެޗެއް ކުޅޭނެއެވެ. މާދަމާގެ މެޗްގައި ބައްދަލުކުރާނީ އެންވީކޭ އަދި ކުޅިމަގެވެ.