Banner Image Description

ޝެއިޙް ފަރީދުގެ ދަރުސް ޕްރޮގްރާމް ފަސްކޮށްފި

މުޙައްމަދު އަކުރަމް

މިމަހުގެ 25 ވާ ހުކުރުދުވަހު، އައްޝެއިޙް އިބްރާހިމް ފަރީދު އިހަވަންދޫގައި ދެއްވަން ހަމަޖެހިފައިވާ ދަރުސް ޕްރޮގްރާމް ފަސްކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި ޝެއިހް ފަރީދުގެ ދަރުސް، ފަހުގެ ތާރީހަކަށްވަނީ ފަސްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝެއިޙް ފަރީދުގެ ދަރުސް ޕްރޮގްރާމް ފަސްކޮށްފައިވަނީ، ޝެއިޙް އާލާސްކަންފުޅާއި އުޅުއްވާތީއެވެ.

އިހަވަންދޫ ކައުންސިލުން ކުރިން ހާމަކޮށްފައިވާގޮތުގައި މިދަރުސް ޕްރޮގްރާމް ކުރިޔަށްގެންދަން މަސައްކަތްކުރަނީ ޖޭ.އޭ މަނަފަރު، އިހަވަންދޫ މަދަރުސާގެ ޕީޓީއޭ، އިހަވަންދޫ ޕޮލިސް ސްޓޭޝަން، އިމަގު އަދި ކްލަބް ޕޯލްސްޓާރގެ އެހީތެރިކަމާއިއެކުއެވެ.