އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމުކުރެވިގެން ދިއުން: ހއ. އަތޮޅު ކައުންސިލް
ހއ. އަތޮޅުގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން އެއަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމުކުރެވިގެން ދިއުންކަމުގައި އަތޮޅު ކައުންސިލުން ހާމަކޮށްފިއެވެ.
އެކައުންސިލުން މިކަން ހާމަކޮށްފައި ވަނީ ކުރިއަށްއޮތް 5 އަހަރަށް ތައްޔާރުކޮށްފައިވާ ހއ. އަތޮޅު ތަރައްޤީގެ ޕްލޭންގައި "ޓްރާންޝިޕްމަންޓް ބަނދަރު ހެދުމުގެ ތަސައްވުރު" ހިމަނައި އަތޮޅު ކައުންސިލުން ޕްލޭން ފާސްކުރުމަށްފަހުއެވެ.
ހއ. އަތޮޅު ކައުންސިލުން ފާސްކުރި ތަރައްޤީގެ ޕުލޭންގައި ކަނޑައަޅާފައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި އަތޮޅުގެ އިޤްތިޞާދު ކުރިއަށްދާނީ އަތޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމު ކުރެވިގެން ކަމުގައެވެ.
ހއ. އަތޮޅު ކައުންސިލުން ބުނެފައިވަނީ ހއ. އަތޮޅަކީ، އެއަތޮޅު އުފެދިފައި އޮންނަގޮތުން ވަރަށް މުހިންމު ސަރަހައްދެއްގައި އޮންނަ އަތޮޅަކަށްވެފައި އެ އަތޮޅުގެ އިހަވަންދިއްޕޮޅަކީ، ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރު ކުރުމުގައި މައިގަނޑު ރޫޓެއް ކަމަށްވާއިރު މިއީ މި ޕޯޓު ހަދަން އެންމެ ރަނގަޅު ސަރަހައްދު ކަމަށާއި މީގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައިނަލްއަގުވާމީ ޕޯޓުތަކާއި ރާއްޖެއަށް ވާދަ ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާކަމަށެވެ.
މި މަޝްރޫއުގެ ކާމިޔާބާއެކު ހިންގިއްޖެނަމަ ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާ ކުރާނެ ކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ. އަދި މި ޕޯޓާއެކު ރާއްޖޭގެ އުތުރުގައި އިގްތިސާދީ ވަރުގަދަ ވިޔަފާރި ހަބެއް ގާއިމް ކުރެވި އެހެން ސިނާއަތްތަކަށް ފުރުސަތު ހުޅުވާލެވި ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީއާއި ހަވާލާދެއްވާ އަތޮޅު ކައުންސިލުން ހާމަކުރައްވައެވެ.
މިގެ އިތުރުން އެކައުންސިލުން ބުނެފައިވަނީ، ޤުދުރަތީގޮތުން އިހަވަންދިއްޕޮޅު އުފެދިފައިވަނީ އެއްފަޅެއްގައި ގިނަ ރައްތަކެއް ހިމެނޭގޮތަށްކަމަށާއި، އެއައަތޮޅު ހުވަންހަންދޫން ފެށިގެން އިންނަފިނޮޅާ ހަމައަށް އޮތް ބޮޑުފަޅަކީ މިފަދަ ޕްރޮޖެކްޓެއް ހިންގުމަށް އެންމެ އެކަށިގެންވާ ތަނެއްކަން ކަމާބެހޭ މާހިރުން ވިދާޅުވެފައި ވާކަމަށެވެ.
އަދި ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ވިޔަފާރީގެ ދާއިރާ އިން ނެގެން އޮތް ފައިދާއެއް ނެގުން މުހިއްމު ކަމަށާއި ވިޔަފާރި އާއި އިގުތިސޯދު ދަންނަ ބޭފުޅުންވެސް މިކަމަށް ބާރުއަޅުއްވާ އެކި މުނާސަބަތުތަކުގައި ވާހަކަ ދައްކާފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
2023 އަދި 2024 ވަނަ އަހަރު ހއ އަތޮޅު ކައުންސިލުން ތަޖުރިބާ ދަތުރުތަކަށް 1.2 މިލިއަން ރުފިޔާ ހޭދަކުރި!
31 - މާރިޗު - 2026
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ތަށި އުފުއްލާލައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އުތީމު
13 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އިހަވަންދޫގެ ފެންވަރު ދައްކާލައި ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި
7 - ނޮވެމްބަރު - 2025
ވަށަފަރާއި އެއްވަރުވުމުން، މިރޭގެ މެޗުން މޮޅުވާން އިހަވަންދޫއަށް މަޖުބޫރު
7 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: އުތީމާއި އިހަވަންދޫއަށް ފުއްދާލަންޖެހުނީ ޕޮއިންޓަކުން
4 - ނޮވެމްބަރު - 2025
2024 ވަނަ އަހަރު ހއ އަތޮޅުން އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް މޮޅަދޫ ކައުންސިލް
28 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް