Banner Image Description

އެންވީކޭއާ ޖަންގަލްގެ ކުރިމަތިލުން ހަމަހަމަ – އެންވީކޭ ފައިނަލަށް، ޖަންގަލް ސެމީއަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ދެވަނަ ބުރުގެ ފަސްވަނަ މެޗްގައި މިއަދު ހަވީރު އެންވީކޭ އަސި ޖަންގަލްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެންވީކޭއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ޖަންގަލް ޓީމުން 2 ގޯލް ޖަގާފައިވަނިކޮށް ފަހަތުންއަރާ ދެގޯލް ޖަހާގެންނެވެ. މިމެޗްގެ ނަތީޖާ އެއްވަރުވުމުން އެންވީކޭވަނީ 7 ޕޮއިންޓާއިއެކު ފައިނަލަށް ދަތުރުކޮށްފައެވެ. 4 ޕޮއިންޓާއިއެކު ޖަންގަލް ޓީމަށްވެސްވަނީ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވެފައެވެ.

މާދަމާ ހަވީރުވެސް މިމުބާރާތުގެ ދެވަނަ ބުރުގެ ފަހު މެޗް ކުޅޭނެއެވެ. މާދަމާގެ މެޗްގައި ބައްދަލުކުރާނީ ސެންސިޓީ އަދި ކުޅިމަގެވެ. ކުޅިމަގު ސެމީ ފައިނަލަށް ދިއުމަށް ސެންސިޓީގެ މައްޗަށް 3 ގޯލަށް ވުރެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވާން ޖެހެއެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތަސް ސެމީ ފައިނަލަށް ދަތުރުކުރާނީ ސެންސިޓީއެވެ.