ޒުވާނުންގެ މަރުކަޒުއަޅަން ހުރަވީ ދަނޑުން ބިންދޭން ނިންމައިފި
މުޙައްމަދު އަކުރަމް
16 - ޑިސެމްބަރު - 2021
އިހަވަންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު އަޅަން އިހަވަންދޫ ހުރަވީ ދަނޑުން ބިންދޭން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް ނިންމީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 29 ވަނަ އާއްމު ބައްދަލުވުމުގައެވެ.
މިގޮތަށް ކައުންސިލުން ނިންމި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ 7 ކައުންސިލަރުންގެ ތެރެއިން 5 ކައުންސިލަރުންނެވެ. އަދި ހުރަވީދަނޑުން ޒުވާނުންގެ މަރުކަޒުއަޅަން ބިންދޫކުރަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 3 ކައުންސިލަރުންނެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިހަވަންދޫ ހުރަވީދަނޑުން ޒުވާނުންގެ މަރުކަރު އަޅަން ދޭން ނިންމާފައިވަނީ ފުޓްސަލް ދަނޑުގެ ހުޅަނގުން މިހާރު ވޮލީ ކޯޓް އަޅާފައިވާބިމެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިހަވަންދޫގައި ޒުވާނުންގެ މަރުކަޒުއަޅަން ކުރިން ދީފައިވާބިންވަނީ މިދައުރުގެ ކައުންސިލުން އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް އަޅަން ދީފައެވެ. އިހަވަންދޫގައި ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީ ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓްގައި 2.9 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި އިހަވަންދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިންވަނީ އިއުލާންކޮށްފައެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓް
ޔޫތް ސެންޓަރ
ގުޅުން ހުރެދާނެ ލިޔުން
އިތުރު، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އިހަވަންދޫގައި އަޅަނީ!
30 - މާރިޗު - 2025
ޔޫތްސެންޓަރު އަޅަނީ 11 މިލިއަނަށްކަމަށްބުނާ ވާހަކަ ދޮގުކޮށްފި
21 - ސެޕްޓެމްބަރު - 2022
ފުޓްސަލް ދަނޑުގައި ވޮލީކޯޓް ޖަހަނީ ކައުންސިލުން ފާސްކޮށްގެނެއްނޫން
22 - މޭ - 2022
ފުޓުސަލް ދަނޑު ބަންދު ކޮށްފި
1 - ޑިސެމްބަރު - 2021
އިހަވަންދޫގައި ޔޫތް ސެންޓަރެއް އަޅާދޭނެ ބަޔަކު ހޯދަނީ
29 - ނޮވެމްބަރު - 2021
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
މިއަދުން ފެށިގެން މަހުބޮލާއި ގޮހޮރުވެސް އަޅަންޖެހޭނީ އެކަމަށް ހާއްސަ ކޮށްފައިވާ ސަރަހަށްދަށް!
9 - ޖެނުއަރީ - 2026
އިހަވަންދޫގައި ތައްޤީކުރުމަށް އެއްބަސްވުމުގައި ސޮއެކުރި ޑޮކްޔާޑް، ވަޖީހުއާއި ހަމައިން ހުއްޓުނީތަ؟
18 - ނޮވެމްބަރު - 2025
އެންވީކޭ ބަލިކޮށް ޔުނައިޓެޑް ޔޫތުން ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި!
22 - އޮކްޓޯބަރު - 2025
ކައުންސިލް ކަޕްގެ ފައިނަލްގައި ވާދަވެރި އެންވީކޭ އަދި ޔުނައިޓެޑް ޔޫތުގެ ކުރިމަތިލުމެއް!
21 - އޮކްޓޯބަރު - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް