Banner Image Description

އިހަވަންދޫން ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތް އާއްމުކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫން ދިރިއުޅުމަށްޓަކައި ގޯތި ބޭނުންވާ ފަރާތްތަކަށް 2016 ވަނަ އަހަރު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ދަށުން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމު ކޮށްފިއެވެ.

[AD]

ސަރުކާރުގެ ގެޒެޓުގައި އިހަވަންދޫ ކައުންސިލުން މިއަދު އާއްމު ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މި ލިސްޓު އިހަވަންދޫ ކައުންސިލް އިދާރާގެ ނޯޓިސް ބޯޑުތަކުގައި ވެސް ބަހައްޓާފައި ހުންނާނެ އެވެ.

އެ އިޢުލާނުގައި ވަނީ  ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓާމެދު ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން އިހަވަންދޫ ކައުންސިލްގެ އިދާރާއަށް 21 މެއި 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުއްވުމަށެވެ.

ގޯތިތައް ލިބޭ ފަރާތްތަކުގެ ފައިނަލް ލިސްޓު އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުގައި ކަމަށް އިހަވަންދޫ ކައުންސިލްގެ އިޢުލާނުގައި ވެއެވެ.

ޝަރުތު ހަމަވުމުގެ ސަބަބުން ޕޮއިންޓު ދީފައިވާ 401 މީހުން ލިސްޓުގައި ތިބިއިރު މިފަހަރު ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ 100 މީހުންނަށެވެ.

އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވެ ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު ( ގެޒެޓު: ޢިއުލާން)