ކުޅިމަގު ބަލިކޮށް ޖަންގަލް ފައިނަލަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާ އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދާ، ބުލްބުލް ތެރަޕީ ސެންޓަރ އިމަގު ޣާޒީ ކަޕް 2023 ގެ ސެމީ ފައިނަލްގައި މިއަދު ހަވީރު ކުޅުނު މެޗްގައި، ކުޅިމަގު 3-1 ބަލިކޮށް ޖަންގަލް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވާދަވެރިކުޅުމެއް ފެނުނު މިއަދުގެ މެޗްގެ ފުރަތަމަ ހާފްނިމުނީ 1-0 އިން ޖަންގަލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފް ފުށުމާއިއެކު ޖަންގަލްގެ ލީޑް ފުޅާކުރިނަމަވެސް ހާފް ނިމެން ކައިރިވެފައިވަނިކޮށް ކުޅިމަގުން ގޯލެއް ޖަހައި ޕެރެޝަރު ބޮޑުކުރިއެވެ. ނަމަވެސް ކުޅިމަގަށް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއްނުވިއެވެ. މެޗުނިމެން ދަނިކޮށް ލިބުނު ޕެނަލް ޓީއަކުން އިތުރު ގޯލެއް ޖަހައި ޖަންގަލް ފަރަގު ބޮޑުކުރިއެވެ. މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ މެޗްގައި ޖަންގަލް ޓީމަށް ދެ ގޯލް ޖަހައިދިން ހަމްޒާއެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރުއެވެ. އެމެޗްގައި ބައްދަލުކުރާނީ އެންވީކޭ އަދި ޖަންގަލްއެވެ.