އިހަވަންދޫ ހޮސްޕިޓަލް އަޅަން ޑުޕްލެކްސްއާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަސްލަމެވެ. ޑުޕްލެކްސް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކަރ ފައިނޭސްގެ އުސޫލުންނެވެ. 123.3 މިލިޔަން ރުފިޔާގެ އަގަކަށް ހަވާލުކުރި މިމަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އިހަވަންދޫގައި އަޅަން ހަމަޖެހިފައިނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މީގެއިތުން މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރާނެއެވެ.  އިހަވަންދޫ ކައުންސިލުން މިހާރުވަނީ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އިން ވަކިކޮށްދީފައެވެ.