ކައުންސިލް ރޭންކިންގ: ހއ. އަތޮޅުން އެއްވަނަ ތުރާކުނަށް

ޢަބުދުﷲ ޙަމީދު

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން އެންމެ މަތީ މާކްސްއެއް ހޯދި ކައުންސިލަކަށް ތުރާކުނު ކައުންސިލް ހޮވިއްޖެއެވެ.

2019 ވަނައަހަރު ކައުންސިލްތައް ހިންގި ގޮތަށްބަލައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރަސްމީ ފޭސްބުކް ޕޭޖްގައި ލައިވް ކޮށްގެންނެވެ. 2019 ވަނަ އަހަރުގެ ކައުންސިލްތަކުގެ ރޭންކިންގ އިއުލާންކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީ.އީ.އޯ އަލްފާޟިލާ ފާޠިމަތު އަފްޝާން ލަތީފް  އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޝަރީފްއެވެ.

ވަކިވަކި އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ރަށުކައުންސިލްތަކުގެ ބައިން ހއ. އަތޮޅުގެ ރަށު ކައުންސިލްތަކަށް މާކުސް ލިބިފައިވާ ގޮތުން ރަށްތަށް ތަރުތީބުވެފައިވާ ގޮތް

  1. ތުރާކުނު ކައުންސިލް
  2. މޮޅަދޫ ކައުންސިލް
  3. އުތީމު ކައުންސިލް
  4. ހޯރަފުށި ކައުންސިލް
  5. ދިއްދޫ ކައުންސިލް
  6. މުރައިދޫ ކައުންސިލް
  7. ތަކަންދޫ ކައުންސިލް
  8. މާރަންދޫ ކައުންސިލް
  9. ވަށަފަރު ކައުންސިލް
  10. ކެލާ ކައުންސިލް
  11. ބާރަށު ކައުންސިލް
  12. އިހަވަންދޫ ކައުންސިލް
  13. ފިއްލަދޫ ކައުންސިލް
  14. އުލިގަމު ކައުންސިލް

މި އިންޑެކްސްއިން 1 ވަނަ ރަށުކައުންސިލަކަށް ހޮވިފައިވަނީ ފ.ނިލަންދޫ ރަށު ކައުންސިލެވެ. އަދި 2 ވަނައަށް ކ.ހުރާ ކައުންސިލް ހޮވިފައިވާއިރު 3 ވަނަ ހޯދާފައިވަނީ އއ.މަތިވެރީ ކައުންސިލެވެ. އަތޮޅުތަކުގެ ބައިން ހއ. އަތޮޅަށް ލިބިފައިވަނީ 10 ވަނަ އެވެ.

ލޯކަލް ޕާރފޯމަންސް އިންޑެކްސް އަކީ ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކުރުމަށް  2015 ވަނަ އަހަރު އިފްތިތާޙު ކޮށްފައިވާ ހާއްސަ އިންޑެކްސެކެވެ. އެގޮތުން، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕަރފޯމަންސް މޮނިޓަރކޮށް ރޭންކް ކުރެވެމުންދެއެވެ.