Banner Image Description

އެކަޑަމީން ބޭއްވި ކުރުވާހަކަ، މަޒުމޫނު އަދި ޅެންހެދުމުގެ މުބާރާތްތަކުން އިހަވަންދޫ ސްކޫލް ރަންވަނަތަކެއް ހޯދާފި

މުޙައްމަދު އަކުރަމް

ދިވެހިބަހުގެ އެކެޑަމީން ބޭއްވި އެކިއެކި މުބާރާތްތަކުން މިއަހަރުވެސް އިހަވަންދޫ ސްކޫލް ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދައިފިއެވެ. އެގޮތުން ދިވެހި ބަހުގެ އެކެޑަމީން ސިލްސިލާކޮށް ބާއްވަމުން އަންނަ އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ މުބާރާތާއި، އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37 ވަނަ މުބާރާތް އަދި ހުތްއަލީދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތުން ގިނަ ވަނަތަކެއް އިހަވަންދޫ ސްކޫލުގެ ދަރިވަރުންވަނީ ކާމިޔާބުކޮށްފައެވެ.

މިމުބާރާތްތަކުގެ ނަތީޖާ ފާޅުކޮށްފައިވަނީ ރޭ ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމާއި ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މިމުބާރާތްތަކުން އިހަވަންދޫ ސްކޫލް ހޯދާފައިވާ ވަނަތައް:

  • – ހުތްއަލީދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތުން މަތީސާނަވީ ބައިން އެއްވަނަ
  • – އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ މުބާރާތުގެ ސާނަވީ ބައިން އެއްވަނަ
  • – ހުތްއަލީދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތުން ސާނަވީ ބައިން 2 ވަނަ
  • – އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ މުބާރާތުގެ މަތީ ސާނަވީ ބައިން 2 ވަނަ
  • – އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37 ވަނަ މުބާރާތުގެ ދަށު ސާނަވީބައިން 2 ވަނަ


މީގެއިތުރުން އިހަވަންދޫ ސްކޫލްގެ ދަރިވަރުން ހޯދާފައިވާ ވަނަތައް:

  • – އާމިނަތު ތަހްސީނާ އިބްރާހިމް / ހޯރަ، ހއ. އިހަވަންދޫ – އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ މުބާރާތުގެ މަތީ ސާނަވީ ބައިން އެއްވަނަ
  • – ޖުމާނާ ހަމީދު އަލީ / މަޑުފެހި، ހއ. އިހަވަންދޫ – ހުތްއަލީދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތުން މަތީސާނަވީ ބައިން އެއްވަނަ

 

މިމުބާރާތްތަކުގައި ހަދަ 10 ގައި ހިމެނުނު ދަރިވަރުން

  • – ހުތްއަލީދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތުން ސާނަވީ ބައިން ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަކީ ޖަމީލަތު ޖަންނަ، ޒަމްޢަތު ބިންތު ޢަލީ އަދި އާއިޝަތު އަލްމާ އާޘިމް
  • – އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37 ވަނަ މުބާރާތުގެ މަތީ ސާނަވީ ބައިން ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަކީ ޖުމާނާ ޙަމީދު ޢަލީ އަދި ޢާއިޝަތު އަފާ އަޝްރަފު
  • – ހުތްއަލީދީދީގެ ވާދައިގެ ތައްޓަށް ބާއްވާ ޅެންހެދުމުގެ 25 ވަނަ ޤައުމީ މުބާރާތުން މަތީ ސާނަވީ ބައިން ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަކީ މޫސާ ޠަލްހަތު، މުޙައްމަދު ޝައްޔާން، ޖުމާނާ ޙަމީދު ޢަލީ، ޢާއިޝަތު އީމާ އަބުދުﷲ އަދި އާމިނަތު ތަހުސީނާ އިބްރާހިމް
  • – އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ މުބާރާތުގެ މަތީ ސާނަވީ ބައިން ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރުންނަކީ ޙުސައިން ސަމީޙް އަދި އާމިނަތު ތަހްސީނާ އިބްރާހިމް
  • – އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 34 ވަނަ މުބާރާތުގެ ދަށު ސާނަވީ ބައިން ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރަކީ އާމިނަތު އިޝާ އީޝަލް އަދުނާނު މުޙައްމަދު
  • – އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37 ވަނަ މުބާރާތުގެ ދަށު ސާނަވީ ބައިން ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރަކީ ޒަމްޢަތު ޒޭބާ ޒިރާން
  • – އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 37 ވަނަ މުބާރާތުގެ ސާނަވީ ބައިން ގަދަ 10 ގައި ހިމެނުނު އިހަވަންދޫ ސްކޫލްގެ ދަރިވަރަކީ ފާތިމަތު ލުޔޫނާ ޢަބުދުލްވައްހާބު

 

އިހަވަންދޫ ސްކޫލުންވަނީ މިދިޔަ އަހަރު ދިވެހިބަހުގެ އެކެޑަމީން ބޭއްވި އެކިއެކި މުބާރާތްތަކުންވެސް ފުރިހަމަ ކާމިޔާބެއް ހޯދާފައެވެ.